ބޮއިންގް އިން އުފައްދާ މަތިންދާ ބޯޓުތައް ގަތުމަށް އޯޑަރު ނުދިނުމަށް ޗައިނާ ސަރުކާރުން އެ ގައުމުގެ އެއާލާއިން ތަކަށް އަންގައިފި އެވެ.
ޗައިނާއިން އެގޮތަށް އަންގާފައި މިވަނީ އެމެރިކާއިން ޗައިނާއަށް އެތެރެކުރާ ބޭރުގައުމުތަކުގެ މުދަލުން ނަގާ ޓެރިފް ބޮޑުކުރުމުގެ ސަބަބުން އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
އެމެރިކާގެ އަމަލުތަކާ ގުޅިގެން ޗައިނާ ސަރުކާރުން މި ފަދަ ނިންމުމެއް ނިންމި އިރު، ބޮއިން އާއި އެއާބަސްގެ އެންމެ ބޮޑު އެއް މާކެޓަކީ ޗައިނާއެވެ.
ޗައިނާގެ އެންމެ ބޮޑު ތިން އެއާލައިން ކަމަށްވާ އެއާޗައިނާ އާއި ޗައިނާ އީސްޓަންގެ އިތުރުން ޗައިނާ ސަދަން އިން ވަނީ ބޮއިންގެ ޖުމުލަ 179 ފްލައިޓު ގަނަންނަް އޯޑަރު ޖަހާފައިކަމަށް ރިޕޯޓުތައް ބުނެއެވެ. އެ އޯޑަރުގައި ވާ ގޮތުން 2025 އާއި 2027 ވަނަ އަހަރު ތެރޭ އެ ބޯޓުތައް ނިންމައި ހަވާލުކުރަން ޖެހެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ނިންމަވާފައިވާ އެގައުމަށް އެތެރެކުރާ ބޭރުގައުމުތަކުގެ މުދަލުން ނަގާ ޓެރިފްގެ ސަބަބުން ދުނިޔޭގެ އެއިރޯސްޕޭސް އިންޑަސްޓްރީއަށް ވަނީ ބޮޑު ލޮޅުމެއް އަރާފައިކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ފްލައިޓު އުފައްދާ ކުންފުނިތަކާއި އެއާލައިންތަކުގެ އިތުރުން އެއާ ގުޅޭ މުދާ ސަޕްލައި ކުރުމުގެ ހިދުމަތްދޭ ކުންފުނިތަކުން އެތައް ބިލިއަން ޑޮލަރެއްގެ ކޮންޓްރެކްޓްތަކަށް ބަދަލު ގެންނަން ފަށާފައިވާ ކަމަށްވެސް ރިޕޯޓުތަކުން ފާހަގަކޮށްފައިވެއެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު