މި އަހަރު ދޭ ސައުތް އޭޝިއަން ޓްރެވެލް އެވޯޑްސް (ސާޓާ)ގެ ދެކުނު އިންޑިއާގެ ނަން ހުށަހެޅިފައިވާ ފަރާތްތަކުގެ އިވެލުއޭޝަން މަސައްކަތް ބެންގަލޫރުގައި ފަށައިފިއެވެ.
މި މަހުގެ ކުރީކޮޅު ސްރީ ލަންކާގައި އިވެލުއޭޝަންތައް ކުރިއަށް ގެންދިޔައިރު ބެންގަލޫރުގައި ކުރިއަށްދާ އިވެލުއޭޝަން މަސައްކަތްތައް މި މަހު 15 އާ ހަމައަށް ކުރިއަށްދާނެއެވެ. އޭގެ ފަހުން ދެން އިވެލުއޭޓް ކުރާނީ އުތުރު އިންޑިއާގެ ހުށަހެޅުންތަކަށެވެ. އެ އިވެލުއޭޝަން ކުރިއަށްދާނީ ނިއު ދިއްލީގައެވެ.
ސާޓާގެ ފަނޑިޔާރުންގެ ޕެނަލްގައި ހިމެނިވަޑައިގަންނަވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރު މާހިރުންނެވެ.
ސާޓާއަކީ ދެކުނު އޭޝިއާގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑެވެ. މި އެވޯޑުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ނުނަގައެވެ. މި އަހަރުގެ ސާޓާ ގްރޭންޑް ގާލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެންބަރު މަހު ސްރީ ލަންކާގައެވެ.
ސަޓާ
ސަޓާ
ސަޓާ