ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިހާރު ކުވޭތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ވަގުތީ ބޮޑުވަޒީރު އަދި އިންޓީރިއާ މިނިސްޓަރު ޝައިހް ފަހަދު ޔޫސުފު ސައުދު އަލް- ސަބާގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ ޒިޔާރަތުގައި މިނިސްޓަރު ހަލީލް ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ކުވޭތުގެ އަމީރު، ހިޒް ހައިނަސް، ޝައިހް މެޝަލް އަލް- އަހުމަދު އަލް-ޖަބިރު، އަލް- ސަބަހް އަދި ކުވޭތުގެ ލީޑަޝިޕަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވައިފައެވެ.
އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި ތަފާތު އެކި ދާއިރާތަކުން ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.
އެ ބައްދަލުކުރެއްވުމުގައި މިނިސްޓަރު ހަލީލް ވަނީ ރާއްޖޭގެ ތަރައްގީގެ ތަފާތު އެކި މަޝްރޫއުތަކަށް ކުވޭތުގެ ސަރުކާރުން ފޯރުކޮށްދެމުން އަންނަ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވައިފައެވެ. ހާއްސަގޮތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް ކުވޭތު ފަންޑް ފޯ އިކޮނޮމިކް ޑިވެލޮޕްމެންޓްގެ އެހީތެރިކަމާއި ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ދޭ އެހީތެރިކަން ފާހަގަކުރެއްވިއެވެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި ކުވޭތުގެ ވަގުތީ ބޮޑުވަޒީރު ވެސް ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި، ކުވޭތުގެ ޑެޕިއުޓީ ބޮޑުވަޒީރު އަދި މިނިސްޓަރު އޮފް ސްޓޭޓް ފޯ ކެބިނެޓް އެފެއާޒް ޝަރީދާ އަބްދުﷲ ސާދު އަލް-މައުޝަރީ، ބޮޑުވަޒީރުގެ އޮފީހުގެ ޗީފް، އަބްދުލް އަޒީޒު ދާހިލް އަލް-ދާހިލް އަދި އެސިސްޓަންޓް ފޮރިން މިނިސްޓަރު ފޯ އޭޝިއަން އެފެއާޒް، ސާމިހު އީސާ ޖައުހަރު ހަޔާތު ބައިވެރިވެވަޑައިގެންނެވިއެވެ.
ފޮރިން މިނިސްޓަރު ހަލީލްގެ އަރިހުގައި މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ހަދީޖާ ނަޖީހާއާއި ޕޮލިޓިކަލް ޑިރެކްޓަރު ފާތިމަތު ނަޝާ އިސްމާއީލް ބައިވެރިވެވަޑައިގެންނެވިއެވެ.
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް