ވިއެޓްނާމުގައި ޓެލެގްރާމް ބްލޮކް ކުރަން ނިންމައިފިއެވެ.

ވިއެޓްނާމުގެ ޓެކްނޮލޮޖީ މިނިސްޓްރީން ވަނީ ޓެލެކޮމިއުނިކޭޝަން ހިދުމަތް ދޭ މަޝްހޫރު ޓެލެގްރާމް އެޕްގެ ހިދުމަތް އެ ގައުމަށް ބުލޮކް ކުރުމަށް ޓެލެގްރާމުގައި އެދިފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވިއެޓްނާމް ސަރުކާރުން އާންމުކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އެ ގައުމުގައި ޓެލެގްރާމް ބްލޮކް ކުރަން ނިންމާފައިވަނީ އެ އެޕް ބޭނުން ކޮށްގެން ކުށްވެރީން ކުށްކުރުން ގިނަވެފައިވާ ކަމަށް ފާހަގަވެ އާންމުންނަށް ނުރައްކާ ބޮޑުވުމުން ކަމަށް އެ ގައުމުގެ ޓެކްނޮލޮޖީ މިނިސްޓްރީން ބުނެއެވެ.

މިދިޔަ ހަފުތާގައި އާންމުވެފައިވާ އެ މައުލޫމާތުގައި ވާގޮތުން ވިއެޓްނާމުގައި ޓެލެގްރާމް ބުކޮލް ކުރަން ޓެލެގްރާމަށް އަންގާފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވިއެޓްނާމުގެ ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން 68 ޕަސެންޓް މައްސަލައަކީ ޓެލެގްރާމާ ގުޅުން ހުރި ޓެލެގްރާމްގެ ޗެނަލްތަކުގެ މައްސަލަ ކަމަށާއި އެ ޗެނަލްތައް ހިންގަނީ އެ ގައުމުގެ ގާނޫނުތަކާ ހިލާފަށް ކަމަށް އޮފިޝަލުން ބުނެއެވެ.

އޮފިޝަލުން ވަނީ ޒަމާން ބަދަލުވެފައިވާއިރު ޓެކްނޮލޮޖީގެ އެހީގަައި ބޮޑެތި ކުށްތަކަށް މީހުން އަރައިގަންނަމުންދާ މިދަނޑިވަޅުގައި ޓެލެގްރާމް ބޭނުންކޮށްގެން ފުރޯޑު ހިންގުމާއި މަސްތުވާތަކެތި ވިއްކުމުގެ އިތުރުން ޓެރަރިޒަމާ ގުޅޭ ކުށްތައްވެސް އާންމުވަމުން ދާކަމަށް ފާހަގަކޮށްފައެވެ.