ސުޕްރީމް ކޯޓުން ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދަކީ އައްޔަނުކުރަން ލަފާދޭން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފިއެވެ.
ސުޕްރީމް ކޯޓަށް ކުރިމަތިލެއްވީ 12 ބޭފުޅުންގެ ތެރެއިން އެންމެ ގިނައިން މާކްސް ލިބިވަޑައިގަތް އެ ދެ ބޭފުޅުންގެ މައްސަލައަށް ގޮތެއް ނިންމުމަށް މިއަދު ބޭއްވި ޖޭއެސްސީގެ ޖަލްސާގައި ވަނީ އެ ދެ ބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަނުކުރަން ފެންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާދޭން ނިންމައިފައެވެ.
ސުޕްރީމް ކޯޓަށް އައްޔަނުކުރާ ފަނޑިޔާރުންގެ ލިސްޓުގެ އެންމެ ކުރީގައި ހުންނެވި ފަނޑިޔާރު މުހައްމަދު ސަލީމަކީ ހައި ކޯޓުގައި ލީގަލް އޮފިސަރެއްގެ ގޮތުގައި 12 އަހަރު އުޅުއްވުމަށް ފަހު އެ ކޯޓުގެ ފަނޑިޔާރުކަން 9 އޮގަސްޓު 2022 އިން ފެށިގެން ކުރައްވާ ބޭފުޅެކެވެ.
ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދަކީ ކުރީގެ ރައީސް އަބްދުﷲގެ ވެރިކަމުގައި އޭރުގެ ފަނޑިޔާރުންނަށް ދިން ފުލެޓުތައް ގަބޫލު ކުރެއްވި މައްސަލަ ޖޭއެސްސީން ތަހުގީގުކޮށް، ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން ޖޫން 6، 2022 ގައި ހައި ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރެވުނު ބޭފުޅެކެވެ.
ސުޕްރީމް ކޯޓުގެ ބެންޗުން ދެ ގޮނޑި ހުސްވީ އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު އެ މަގާމުން ވަކިކުރުމުންނެވެ.
އެ ދެ ބޭފުޅުން ވަކިކުރީ އަޒްމިރަލްދާގެ ފިރިލަކުން ސްޕާއަކުން ހައްޔަރުކުރުމުން އޭނާ ދޫކުރަން ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވި ކަމަށް ބުނާ
ވިޔަފާރި
އިޖުތިމާއީ ހިދުމަތް
އިޖުތިމާއީ މައްސަލަތައް
އައިފޯން