އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ހުއްދަ ނުނަގައި އޭވިއޭޝަން ސެކިއުރިޓީ ތަމްރީނު ދޭތީ ޑިފެންސް މިނިސްޓްރީން އެކަން ސަމާލުކަމަށް ގެނެސްފި އެވެ.
އޭވިއޭޝަން ސެކިއުރިޓީ ތަމްރީނުތައް ދޭ މަރުކަޒުތަކާއި އޭވިއޭޝަން ސެކިއުރިޓީ ތަމްރީނު ޕްރޮގްރާމްތަކާއި ކިޔަވައިދޭ މީހުން ވެސް ޑިފެންސް މިނިސްޓްރީން ހުއްދަ ނަގަން ޖެހެ އެވެ.
ޑިފެންސް މިނިސްޓްރީން އިއްޔެ ބުނީ، އެ މައްސަލަ އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެފަދަ ތަމްރީނުތައް ދިނުމާ ބެހޭ ގޮތުން ހަދާފައިވާ އުސޫލާ ހިލާފަށް ހިންގާ ތަމްރީނުތަކުގެ ސެޓްފިކެޓް ގަބޫލު ނުކުރާނެ ކަމަށްވެސް ބުންޏެވެ.
ނަމަވެސް ހުއްދަ ނެތި އޭވިއޭޝަން ތަމްރީނުތައް ދެނީ ކޮން ތަނަކުން އަދި ކޮން ފަރާތްތަކަކުން ކަމެއް ޑިފެންސަކުން ނުބުނެއެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ވިޔަފާރި
އިޖުތިމާއީ ހިދުމަތް
އިޖުތިމާއީ މައްސަލަތައް
އެމް.އޭ.ސީ.އެލް އިން ހިންގީ އޭވިއޭޝަން ސެކިއުރިޓީގެ ކޯހެއް ނޫން.
އަހުމަދު - 12 މަސް ކުރިން