45 މިލިއަން ޑޮލަރުގެ ކޮރަޕްޝަންގެ މައްސަަލައެއްގައި ވިއެޓްނާމުން 30 މީހަކު ޖަލަށްލައިފިއެވެ.
ވިއެޓްނާމްގެ ކޯޓަކުން އިއްޔެ ޖަލަށްލޡާން ހުކުމް ކޮށްފައިވާ 30 މީހުންގެ ތެރޭގައި އެ ގައުމުގެ ކުރީގެ ސަރުކާރަށް ނިސްބަތްވާ އިސް އޮފިޝަލުން ތަކެއް ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.
ވިއެޓްނާމްގެ ވެރިރަށް ހަނޯއީގައި ހުންނަ ކޯޓަކުން ކުރި ހުކުމަށްފަހު އާންމުކޮށްފައިވާ މައުލޫމާތުން ހާމަވާ ގޮތުގައި ޖަލަށް ލާން ހުކުމް ކޮށްފައިވާ މީހުންގެ ތެރެއިން 11 މީހުންނަކީ ވިޔަފާރިވެރީންނާއި ކުރީ ސަރުކާރުގެ އޮފިޝަލުންނެވެ. އެމީހުންގެ މައްޗަށް ވަނީ ރިޝްވަތު ދިނުމާއި މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ ދައުވާ ސާބިތުވެފައެވެ. އެމީހުން ޖަލަށް ލާން ހުކުމް ކޮށްފައިވަނީ 30 އަހަރަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޖަލަށް ލާން ހުކުމް ކޮށްފައިވާ 30 މީހުންގެ ތެރެއިން އެކަކީ އެ މައްސަލައިގައި ފައިސާ ދަބަހުގައި އުފުލި މީހެއް ކަމަށްވެސް އޮފިޝަލުން ބުނެފައިވެއެވެ.
ވިއެޓްނާމުގެ ސަރުކާރުން ވަނީ އެގައުމުގައި ކޮރަޕްޝަނުގެ ސަބަބުން 44.6 މިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާކަމަށާއި އެމައްސަލައިގައި 41 މީހެއްގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލާފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ރިޕޯޓުތައް ބުނާގޮތުން ސައުވާ އުފުލާފައިވާ 41 މީހުންގެ ތެރެއިން ބާކީ ތިބި 11 މީހުންގެ މައްސަލަ ކޯޓުގައި ކުރިޔަށް ދާ ކަމަށާއި އެމީހުންގެ މައްޗަށް ހުކުމް ކުރުމަށް ގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށް ކޯޓުން ބުނެފައިވާކަމަށް ބުނެފައެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ނެދަލެންޑް
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު