އާންމުންގެ ރައްކަލަކަށް މާފަންނު އޯކިޑް ޕްލާޒާ ތަޅާލުމުގެ މަސައްކަތް ފަށައިފިއެވެ.

ލޯކަލް ގަވާމަންޓް މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އާންމުންނަށް ގެއްލުމެއް ލިބިދާނެ ކަމަށް ފެންނާތީ، މާފަންނު އޯކިޑް ޕްލާޒާ އިމާރާތް ތަޅާލުމުގެ މަސައްކަތް އެ މިނިސްޓްރީން މިއަދު ފަށާފައިވާ ކަމަށެވެ.

އެ މަސައްކަތް ކުރިޔަށްދާ ގޮތް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވަނީ ބައްލަވައިލައްވައިފައެވެ.

މާފަންނު އޯކިޑް ޕްލާޒާއަކީ މީގެ ކުރިން އެކި ފަހަރުމަތިން އަލިފާނުގެ ހާދިސާތަކާއި އަދި މަސްތުވާތަކެތީގެ ވިޔަފާރި އާއި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކުން ބޭނުން ކުރަމުން އަންނަ ތަނެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ތަނެކެވެ.

އެންމެ ފަހުން އެތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ 2024 ޖުލައި 29 ގައެވެ.