އިސްރާއީލުން ސީރިއާގެ ޑިފެންސް މިނިސްޓްރީއަށް ހަމަލާދީފިއެވެ.
އިސްރާއީލުގެ ސިފައިން ސީރިއާގެ ވެރިރަށް ދިމިޝްގުގައި ހުންނަ އެގައުމުގެ ޑިފެންސް މިނިސްޓްރީގެ އިމާރާތަށް ދިން ހަމަލާގައި އެއި މާރާތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ދިމިޝްގުގައި ހުންނަ ސީރިއާގެ ރިޔާސީ ގަނޑުވަރު ކައިރީ ހުންނަ ޑިފެންސް މިނިސްޓްރީއަށް ދިން އެ ހަމަލާގައި އެކަކު މަރުވެފައިވާއިރު 28 މީހަކަށް އަނިޔާވެގެން ފަރުވާ ދީފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
އިސްރާއީލުން ސީރިއާއަށް ހަމަލާ ދީފައި މިވަނީ ސީރިއާގެ ސަރުކާރުގެ ބާރު ގެއްލިފައިވާ އެ ގައުމުގެ ސުވައިދާ ސަރަހައްދުގައި ދިރިއުޅޭ އަރަބި މައިނޯރިޓީ އަދި އިސްރާއީލުން ހިމާޔަތް ދީފައިވާ ޑްރޫޒް ކޮމިއުނިޓީ އާއި ސީރިއާގެ ސިފައިން ކުރަމުންގެންދާ ހަނގުރާމަ ހުއްޓާލައި ސީރިޔާ ސިފައިން އެ ސަރަހައްދު ދޫކޮށް ނުދިއުމުން ކަމަށް އިސްރާއީލުން ބުނެއެވެ.
އިސްރާއީލުން ސީރިއާގެ ވެރިރަށަށް ދިން ހަމަލާއާ އެކު އެމެރިކާއިން ވަނީ އެ ސަރަހައްދުގެ ހާލަތާ މެދު ކަންބޮޑުވާ ކަމަށާއި އިސްރާއީލުން ހަމަލާދިނުން ހުއްޓާލުމަށް ގޮވާލާފައެވެ.
މުހައްމަދު އައުޒަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ވިޔަފާރި
އިޖުތިމާއީ ހިދުމަތް