އިސްރާއިލުގެ ހައްދުފަހަނަ އަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކާނާ ވިހަވެ ފަރުވާ ދޭން ފަށައިފިއެވެ.
ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ކާނާ ވިހަވުމުގެ މައްސަލަ ކުރިމަތިވެ ކުރިޔަށް އޮތް ތިން ދުވަހު ފަރުވާ ކުރިޔަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.
އިއްޔެއިން ފެށިގެން ނަތަންޔާހޫގެ ހާލު ގޯސްވެ ބޭރަށްހިންގުމުގެ އިތުރުން ބަނޑުގައި ރިއްސުމުގެ މައްސަލަ ކުރިމަތިވެފައިވާކަމަށް ނަތަންޔާހޫގެ އޮފީހުން ނެރެފައިވާ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި ވާގޮތުން ބޮޑުވަޒީރުގެ ޑޮކްޓަރުންގެ ލަފަޔާ އެކު ތިންދުވަހުގެ މުއްދަތަކަށް ގޭގައި ފަރުވާ ހޯދަން ވަނީ ނިންމައިފައެވެ. ކުރިޔަށް އޮތް ތިން ދުވަހު ބޮޑުވަޒީރުގެ މަސްއޫލިއްޔަތު އަދާކުރުމަށް ހަމަޖެހިފައިވަނީ ގޭގައި ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އުމުރުން 75 އަހަރުގެ ނަތަންޔާހޫއަށް ވަނީ ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވެފައެވެ. އެގޮތުން 2023 ވަނަ އަހަރު ވަނީ ހިތުގެ މައްސަލައެއްގައި ޕޭސް މޭކާއެއް ލައްވައިފައެވެ. މީގެ އިތުރުން މިދިޔަ ޑިސެމްބަރު މަހު ވަނީ ކުޑަކަމުދާ ނިޒާމުގެ މައްސަލައެއް ކުރިމަތިވެ ބޮޑު ސާޖަރީއެއް ކޮށް ޕްރޮސްޓޭޓު ނަގާފައި ކަމަށް ވެސް އޮފިޝަލުން ބުނެއެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ނެދަލެންޑް
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު