ޖެޖޫ އެއާގެ ފްލައިޓު ވެއްޓުނީ ޕައިލެޓުން އިންޖީނު ނިއްވައިލުމުން ކަމަށް ތަހުގީގުން ހާމަވެއްޖެއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރުގެ 29 ވަނަ ދުވަހު 181 މީހުންނާއެކު ބެންކޮކުން ކޮރެއާގެ މުއާން އަށް ދަތުރުކުރި އެ ފްލައިޓު ރަންވޭގައި ޖެއްސި ނަމަވެސް ރަންވޭގެ ނިމޭ ކޮޅުގައި ހުރި ފާރެއްގައި ޖެހި ގޮވާފައިވާއިރު އެ ހާދިސާގެ ތަހުގީގު ރިޕޯޓު އިއްޔެ ވަނީ އާންމު ކޮށްފައެވެ.
ދެކުނު ކޮރެއާގެ ހާއްސަ ތަހުގީގީ ޓީމަކުން ކުރިޔަށްގެންދިޔަ އެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި ޖެޖޫ އެއާގެ އެ ފްލައިޓު ޖައްސަން ދިޔަ ވަގުތު ފްލައިޓުގެ އިންޖީނުގައި ދޫނިތަކެއް ޖެހިފައިވެއެވެ. ނަމަވެސް ޖޫނި ޖެހިފައިވާކަމަށް ތަހުގީގުން ހާމަވެފައިވާ ކަނާއަަތް ފަޅީގެ އިންޖީނުގެ ބަދަލުގައި ޕައިލެޓުންނަށް ނިއްވައިލެވުނީ ވައަތްފަޅީގެ އިންޖީނެވެ.
ކޮކްޕިޓް ވޮއިސް ރެކޯޑިންގެ އިތުރުން ކޮމްޕިއުޓަރު ޑާޓާއާއި ފްލައިޓުގެ އިންޖީނު ބަލައި ހިންގި ތަހުގީގުން ހާމަވެފައިވާ ކަންކަމަކީ ޔަގީން ކަންތައްތަކެއް ކަމަށާއި އެއަށް ދެން ބަދަލު ނާންނާނެ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
މުހައްމަދު އައުޒަމް
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ
މަސްތުވާތަކެތި އެތެރެކުރުން
ބޭރު ކުޅިވަރު