އިސްރާއީލުން ހަމަލާދީ ފަސް ނޫސްވެރިން މަރާލުން އދ އިން ކުށްވެރިކޮށްފިއެވެ.
އދގެ އިންސާނީ ހައްގުތަކާބެހޭ އިދާރާއިން ވަނީ އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ސިފައިން ދިން ހަމަލާގައި މަރުވި އަލްޖަޒީރާގެ ފަސް ނޫސްވެރީންގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް ކުށްވެރިކޮށްފައެވެ. އެ އިދާރާއިން ވަނީ އިސްރާއީލުން ހިންގި އަމަލަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ.
އާދިއްތަ ދުވަހު އިސްރާއީލުގެ ސިފައިން ދިން ހަމަލާގައި ވަނީ އަލްޖަޒީރާގެ ފަސް ނޫސްވެރިޔަކު މަރާލާފައެވެ. އޭގެ ތެރޭގައި މަޝްހޫރު ޖާނަލިސްޓު އަނަސް އަލް ޝާރިފް ހިމެނެ އެވެ. އަނަސް ފާހަގަ ކުރެވިފައިވަނީ ގާޒާގެ ހާލަތު ގާޒާގެ ތެރޭގައި ހުރެ ޖެހިލުން ކުޑަކަމާއެކު ފޯރުކޮށްދިން ނޫސްވެރިޔެއްގެ ގޮތުގައެވެ.
އިސްރާއީލުން ވަނީ އެ ނޫސްވެރިން ހަރަކާތްތެރިވި ޓެންޓަށް މިސައިލު ހަމަލާއެއް ދީ އެމީހުން މަރާލާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިސްރާއީލުގެ މިލިޓަރީ އިން ވަނީ އަނަސް އަށް ހަމަލާދީފައިވަނީ އޭނާއަކީ ހަމާސްގެ ސެލް އެއްގެ އެންމެ އިސްކޮށް ހަރަކާތްތެރިވާ މީހަކަށްވާތީ ކަމަށް ބުނެފައެވެ.
އިސްރާއީލުން މަރާލި ފަސް ނޫސްވެރިންގެ ޖަނާޒާ އިއްޔެ ބާއްވާފައިވާއިރު ދުނިޔޭގެ އެކި ގައުމުތަކުންނާއި ޖަމިއްޔާތަކުން ވަނީ އިސްރާއީލުގެ އެއަމަލު ކުއްވެރިވެސް ކުރަންފަށާފައެވެ.
މުހައްމަދު އައުޒަމް
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ
މަސްތުވާތަކެތި އެތެރެކުރުން
ބޭރު ކުޅިވަރު