ބާރުގަދަ ތޫފާނެއް ވިއެޓްނާމަށް މިސްރާބު ޖަހާފައިވާތީ، 500،000 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ތޫފާން ކަޖިކީ ނަމުން ނަން ދީފައިވާ އެތޫފާން މިއަހަރުގެ ވަގުތެއްގައި ވިއެޓްނާމަށް އަރާނެ ކަމަށް ބެލެވިފައިވާ އިރު، އެތޫފާނުގައި ގަޑިއަކު 103 މޭލުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ބެލެވޭ ކަމަށް އޮފިޝަލުން ބުނެއެވެ.
ވިއެޓްނާމުގެ ތަހް ހޮއާ އާއި ކުއަން ޓްރީގެ އިތުރުން ޑާ ނަން ޕްރޮވިންސުގައި ދިރިއުޅޭ އާންމުން ގެތައް ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމަށް ވަނީ އަންގައިފައެވެ.
އިންޒާރު ދީފައިވާ ސަރަހައްދުތަކުގެ ފްލައިޓުތަކާއި ކަނޑުމަގުން ކުރާ ދަތުރުތައް ވެސް ހުއްޓުވާލާފައިވާއިރު އައްސޭރި ފަށާއި ކައިރިޔަށް މީހުން ނުދިއުމަށްވެސް އިންޒާރު ދީފައެވެ.
ތޫފާން ކަޖިކީ ޗައިނާގެ ހައިނާން ހުރަސްކޮށް ވިއެޓްނާމަށް މިސްރާބު ޖަހާފައިވާ އިރު، ވިއެޓްނާމުގެ މޫސުމާބެހޭ އިދާރާއިން ވަނީ 320 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ނެދަލެންޑް
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު