މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރީންގެ އަދަދު 1.48 އިން މައްޗަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި މިދިޔަ މަހުގެ 30ގެ ނިޔަލަށް ރާއްޖެއަށް ވަނީ 1,482,668 ފަތުރުވެރިން އައިސްފައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި ކޮންމެ ދުވަހު އެވްރެެޖުކޮށް 4000 އާއި 5000 އާ ދެމެދުގެ ފަތުރުވެރިން ރާއްޖެއަށް އާދެއެވެ. އެހެންކަމުން ކުރިއަށް އޮތް ދެ ދުވަސް ތެރޭ ފަތުރުވެރިންގެ އަދަދު 1.5 މިލިއަން ހުރަސް ކުރުމުގެ ފުރުސަތު އެބަ އޮތެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަދިވެސް އައިސްފައިވަނީ ޗައިނާއިންނެވެ. ދެ ވަނައަށް ރަޝިއާއިން އައި އިރު ތިން ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އައީ އިނގިރޭސިވިލާތުންނެވެ

ރާއްޖެއަށް އައި ފަތުރުވެރިންގެ 67 ޕަސަންޓު އައީ ރިސޯޓުތަކަށެވެ. ދެން އެންމެ ގިނައިން ފަތުރުވެރިން އައީ ގެސްޓްހައުސްތަކަށެވެ. އެއީ 24 ޕަސެންޓެވެ. ސަފާރީތަކަށް 5 ޕަސަންޓު ފަތުރުވެރިން އައި އިރު، ހޮޓެލް ތަކަށް އަދީ އެންމެ 4 ޕަސަންޓު ފަތުރުވެރިންނެވެ.

ރާއްޖޭގައި މި ވަގުތު 64،138 އެނދު ޓޫރިޒަމްގެ ބޭނުމަށް ބޭނުން ކުރަމުން އާދެއެވެ.

މިދިޔަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމްގެ 52 އަހަރުގެ ދިގު ތާރީހުގައި މީގެ ކުރިން އަހަރު ދުވަހުގެ ތެރޭގައި ދެ މިލިއަން ފަތުރުވެރިން އައި ފުރަތަމަ އަހަރެވެ. ސަރުކާރުން މި އަހަރަށް ކަނޑައަޅާފައިވާ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ.