ތައުލީމާއި އިގުތިސޯދީ ގޮތުން ގުޅުން ބަދަހިކުރަން ރާއްޖެ އާއި ނޭޕާލުން މަޝްވަރާކޮށްފިއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އެ މަޝްވަރާތައް ކުރައްވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓްގެ ހަވާސާގައި ޓިއަންޖިން މެއިޖިއާންގް ކޮންވެންޝަން ސެންޓަރުގައި ނޭޕާލްގެ ބޮޑު ވަޒީރު ކޭޕީ ޝަރުމާ އޮލީއާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ކަމަށެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ތައުލީމާއި އިގުތިސޯދީ ރޮނގުންނާއި އެ ނޫންވެސް ބައެއް ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރަން މަޝްވަރާކުރައްވައިފައެވެ.
އެ ބައްދަލުކުރެއްވުމުގައި ސަރަހައްދީ ގުޅުން ބަދަހިކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށް ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް ބުނި ގޮތުގައި އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ނޭޕާލުން ރާއްޖެއަށް ދޭ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވައިފައެވެ.
އަލީ ޔާމިން
ކުޅިވަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
އއ. އުކުޅަސް
ނެޕާލާއެކު އިޤްތިސާދީ ގުޅުން މިހާރުވެސް ވަރަށް ރަނގަޅޭ
ބަހާދުރު - 11 މަސް ކުރިން