ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ހިދުމަތް އިތުރު ފަސް އަތޮޅެއްގައި ފެށުމަށް ކުރަންޖެހޭ ދިރާސާތައް ހެދުމުގެ މަސައްކަތް ފަށަން ޓްރާންސްޕޯޓް މިނިސްޓްރީން ތައްޔާރުވެއްޖެއެވެ.
މިނިސްޓްރީން އިއްޔެ ބުނީ އާރުޓީއެލް ފެރީގެ ހިދުމަތް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން ޒޯން ހަތަރެއްގައި ހިދުމަތް ފެށުމަށްޓަކައި ހަދާން ޖެހޭ ދިރާސާތައް ފެށުމަށްޓަކައި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެސިސްޓެންސް، ޖައިކާއާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. ޒޯން ހަތަރެއްގައި ހިމެނޭ ފަސް އަތޮޅަކީ މ، ފ، ދ، ތ. އަދި ލ. އަތޮޅެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ޖައިކާގެ ފަރާތުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ބޭސްލައިން ސާވޭއާ ބެހޭ މައުލޫމާތު ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި އިތުރު ފަސް އަތޮޅުގައި އެ ހިދުމަތް ފެށުމަށް ކުރަން ހަމަޖެހިފައިވާ ދިރާސާތައް ހެދުމުގެ މަސައްކަތް މި މަހު ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.
އާރްޓީއެލްގެ ހިދުމަތް ދޭން ފަށާފައި ވަނީ 2022 ވަނަ އަހަރުގެ މޭ މަހުއެވެ. އެންމެ ފުރަތަމަ މި ހިދުމަތް ފެށީ ޒޯން ހައެއްގައި ހިމެނޭ ހދ. އަތޮޅުގައެވެ.
އެގޮތުން މިއަހަރު ވަނީ ޒޯން ދޭއްގައި ހިމެނޭ ޅ. އަތޮޅާއި ނ. އަތޮޅާއި ރ. އަތޮޅު އަދި ބ. އަތޮޅުގައި ވެސް ފެރީގެ ހިދުމަތް ފަށައިފައެވެ. އަދި ކުރިއަށް އޮތްތަނުގައި ޒޯން ހަތަރެއްގައި ހިމެނޭ ހަތަރު އަތޮޅު އާރުޓީއެލް ފެރީގެ ނިޒާމުން ގުޅައިލުމުގެ މަސައްކަތް ވެސް ކުރިއަށްގެންދާނެއެވެ.
އާރުޓީއެލް ފެރީގެ ހިދުމަތް ހިންގަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. އާރުޓީއެލް ފެރީ މަޝްރޫއަކީ މުޅި ރާއްޖޭގައި ތިން ފިޔަވައްސަކަށް ބަހާލައިގެން ހަ ޒޯނަކަށް ރާއްޖޭގެ އަތޮޅުތައް ބަހާލައިގެން ކުރިއަށްގެންދާ ގައުމީ ދަތުރުފަތުރުގެ މަޝްރޫއެކެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ
މަސްތުވާތަކެތި އެތެރެކުރުން
ބޭރު ކުޅިވަރު