ދިރާގާއި މީޑިއާނެޓް ގުޅިގެން ދިރާގު ކަސްޓަމަރުންނަށް އޭޝިއާ ކަޕް 2025 ބަލައިލުމަށް ހާއްސަ އޮފާއެއް ތައާރަފުކޮށްފިއެވެ.

ދިރާގުން ބުނިގޮތުގައި މި ހާއްސަ އޮފާގެ ދަށުން ދިރާގު ކަސްޓަމަރުންނަށް 50 ރުފިޔާއަށް މީޑިއާނެޓް ޓީވީއަށް ސަބްސްކްރައިބް ކުރުމުގެ ފުރުސަތު ލިބި، މި ސަރަހައްދުގެ އެންމެ ފޯރިގަދަ ކްރިކެޓް މުބާރާތުގެ މެޗުތައް ސޮނީ ސްޕޯޓްސް ޓެން 1، 2 އަދި 5 ޗެނަލްތަކުން ވަގުތުން ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ދިރާގު ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މި ހާއްސަ އޮފާ ދިރާގުއެޕް އަދި މައިއެކައުންޓް މެދުވެރިކޮށް އެކްޓިވޭޓްކުރެވޭނެ އެވެ.

އޭޝިއާގެ އެންމެ މަގުބޫލު އެއް މުބާރާތް ކަމުގައިވާ މި މުބާރާތުގައި ކްރިކެޓްގެ އެންމެ ވަރުގަދަ ޓީމުތައް ފެނިގެންދާނެއެވެ. މީގެ ތެރޭގައި އިންޑިއާ، ޕާކިސްތާން، ސްރިލަންކާ، ބަންގްލަދޭޝް، އަފްގާނިސްތާން އަދި ނޭޕަލް ހިމެނެއެވެ. މި މުބާރާތް ކުރިއަށް ދާނީ 9 އިން 28 ސެޕްޓެންބަރުގެ ނިޔަލަށެވެ.

ދިރާގުން ބުނިގޮތުގައި އެކުންފުނިން އަންނަނީ ކަސްޓަމަރުންނާ ހަމައަށް އެންމެ ފަހުގެ މުނިފޫހިފިލުވުމުގެ ވަސީލަތްތަކާއި ތަފާތު ގިނަ ހިދުމަތްތައް ހެޔޮ އަގުގައި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ހާއްސަކޮށްގެން ފޯރުކޮށްދެމުންނެވެ.