"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު" ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ފުރަތަމަ ފަހަރަށް ފާސްކުރިއިރު އެކަމާ ދެކޮޅަށް، ކޮމިޓީ އަޑުއަހަން ވަދެ ތިބި ނޫސްވެރިން އިހުތިޖާޖު ކޮށްފައިވާތީ، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން މަޖިލިސް ގަވާއިދުގައި ހިމަނަން ނިންމައިފިއެވެ.
އެކަން ހާމަކޮށް "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު" ފާސްކުރުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމަވާލައްވަމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބުރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، ބިލުގެ ކޮމިޓީ މަރުހަލާ ކުރިއަށްދިޔައިރު ކޮމިޓީ އަޑުއަހަން ފުރުސަތުދިން ފަރާތްތަކުން ކޮމިޓީގެ މަސައްކަތަށް ހުރަސްއެޅޭގޮތަށާއި މަޖިލީހުގެ ކަރާމަތަށް އުނިކަން އަންނަގޮތަށާއި، އިޖުތިމާއީ އަހުލާގީ މިންގަނޑުތަކާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށެވެ.
އެހެންކަމުން އެކަމާ ގުޅޭގޮތުންް މަޖިލީހުގެ ސާޖަންޓް އެޓް އާމްސް ތޮލްހަތު ހަސަން ތައްޔާރުކޮށްފައިވާ ރިޕޯޓެއް މަޖިލީހުގެ ރިޔާސަތަށް ލިބިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެ ރިޕޯޓް މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ އާއްމު ކޮމިޓީއަށް ފޮނުވަން ނިންމާފައިވާކަމަށްވެސް ވިދާޅުވިއެވެ.
"އެއީ މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށާއި މަޖިލީހަށް މެހުމާނުންގެ ގޮތުގައި އަންނަ ފަރާތްތަކުން އަމަލު ކުރަންޖެހޭ އުސޫލުތައް ކަނޑައަޅައި ހާޒިރުވާ ފަރާތްތަކުން އެކަންކަމާ ހިލާފުވެއްޖެނަމަ އަޅާނެ ފިޔަޅުވަތައް ގަވާއިދުގައި ބަޔާންކުރުމަށް،" ނާޒިމް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ނެދަލެންޑް
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު