މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ކުރިން، އާ ލޯނެއްގެ ދަށުން އައިސް އުފައްދާ (އާރްއެސްޑަބްލިއު ސިސްޓަމް) 200 އުޅަނދަށް ދޫކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މިއަދު ތ. އަތޮޅު ހިރިލަންދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ކުރިއަށްއޮތްތަނުގައި މަސްވެރިކަމުގެ ސިނާއީ އެކިއެކި މަސައްކަތްތަކަށް ފަހިވާގޮތަށް ހިރިލަންދޫގައި ގިނަ މަޝްރޫއުތަކެއް ހިންގަވައިދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން ކުރިއަށްގެންދިޔަ މަސް ދޯނިތަކަށް، މަސް ފިނި ކުރާ ނިޒާމު ފޯރުކޮށްދިނުމުގެ ސްކީމްގެ ދަށުން، އާރްއެސްޑަބްލިއު ސިސްޓަމް ދޫކުރުމަށް ހޮވުނު އުޅަނދުތަކުގެ ތެރެއިން އެންމެ ގިނަ އުޅަނދު ނިސްބަތް ވަނީ ހިރިލަންދުއަށް ކަމަށެވެ. އަދި އެ ސިސްޓަމްތައް ވަރަށް އަވަހަށް އެ ދޯނިތަކަށް ދޫކުރަން ފައްޓަވާނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ދޯނީގައި ބަހައްޓާ އައިސް އުފައްދާ ނިޒާމު ދޫކުރުމުގެ މި ބުރުގައި އެ ރަށުގެ ހަތަރު އުޅަނދަކަށް ސިސްޓަމް ދޫކުރުމަށް ވަނީ ހަމަޖެހިފަ. މިއީ އެންމެ ގިނަ ސިސްޓަމް ދޫކުރެވޭ ރަށް. މަސްވެރިންގެ ދުވަހުގެ ކުރިން 200 އުޅަނދަކަށް އެބަ ސިސްޓަމް ހަރުކުރަން ލޯނު ދޫކުރެވޭ. އެހެންވީމަ ޖުމުލަ 300 ސިސްޓަމް ދޫކުރެވޭނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހިރިލަންދޫގެ ސިނާއީ މަސައްކަތްތަކަށް ފަހިކޮށްދިނުމަށް، ރަށުގެ ބިން އިތުރަށް ހިއްކަން ނިންމާފައިވާ ކަމަށެވެ. އޭރުން މަސްވެރިކަމާ ރަށުގައި އިތުރު ވިޔަފާރިތައް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ބޮލީވުޑް
އާޓްސް މިނިސްޓަރ
އެމްއެމްއޭ