ތ. ވޭމަންޑޫ ކުނި މެނޭޖްކުރާ ސެންޓަރުގެ ބިންގާ އަޅައިފި އެވެ.
ވޭމަންޑޫގެ ކުނި މެނޭޖްކުރާ ސެންޓަރުގެ ބިންގާ އެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވޭމަންޑޫއަށް މިއަދު ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ މަޝްރޫއުގެ ބިންގާ އަޅުއްވައި ދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. މިނިސްޓަރުގެ އަރިހުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ މުޖްތަބާ ޖަލީލު ބައިވެރިވެވަޑައިގަތެވެ.
ރައީސްގެ މި ދަތުރުފުފުޅުތަކުގައި ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ގިނަ މަޝްރޫއުތައް ދަނީ ފައްޓަވައިދެއްވަމުންނެވެ.
ފާތިމަތު ލިއުޝާ
ތ. ވޭމަންޑޫ
ތ. ވޭމަންޑޫ