އދ. މަހިބަދޫގެ އިހުތިސާސްގެ ތެރޭގައި އޮންނަ އެ އަތޮޅު މާފަރުފަޅު ހިއްކަން ފަށައި، އާބަން ސެންޓަރު ހެދުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ ފަޅު ބައްލަވައިލައްވަން ވަނީ އެ ފަޅަށް ޒިޔާރަތް ކުރައްވައިފައެވެ. އަދި އެތަނުގައި އާބަން ސެންޓަރު ހެދުމުގެ އަމަލީ މަސައްކަތް ފެށުމަށް އެމްއޭސީއެލްއާ ހަވާލުކޮށް ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
އެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފެވެ. އަދި ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މޫސާ ޒަމީރެވެ.
މަހިބަދޫގެ އިހުތިސޯސްގެ ތެރޭގައި މާފަރުފަޅު ހިމަނާފައިވަނީ މިދިޔަ އަހަރުއެވެ. ރައީސް ކުރިން ވިދާޅުވީ އެ ރަށް، އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީވުމުން، އެކަމުގެ ފައިދާ ލިބޭނީ ހަމައެކަނި ރަށުގެ ރައްޔިތުންނަށް ނޫން ކަމަށާއި، މުޅި ސަރަހައްދަށް އެ ފައިދާލިބޭނެ ކަމަށެވެ. މާފަރު ފަޅަކީ، އާބަން ސެންޓަރުގެ ހަގީގީ މާނައިގައި ތަރައްގީވެގެންދާ ތަނަކަށް ވާނޭކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފައެވެ.
ރާއްޖޭގެ ހަތް ސަރަހައްދެއްގައި އާބަން ސެންޓަރު ގާއިމުކުރަން ސަރުކާރުން ވަނީ ނިންމައިފައެވެ.
އާއިޝަތު މާހާ
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ
މަސްތުވާތަކެތި އެތެރެކުރުން
ބޭރު ކުޅިވަރު