ވިއެޓްނާމުގައި ފެންބޮޑުވެ އަށް މީހަކު މަރުވެއްޖެއެވެ.
ވިއެޓްނާމުގައި ރެކޯޑު މިންވަރަކަށް ފެންބޮޑުވެ ހިނގާފައިވާ ހާދިސާތަކުގައި މިހާތަނަށް އަށް މީހަކު މަރުވެފައިވާއިރު ފަސް މީހަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.
ވިއެޓްނާމްގެ ވެރިރަށް ހަނޯއީއާ 80 ކިލޯމީޓަރު ދުރުގައި އޮންނަ އަވަށެއް ފެންބޮޑުވުމުގެ ސަބަބުން އަޑިޔަށް ގޮސްފައިވާއިރު ގިނަ ބަޔަކު ގެތަކުގައި ތާށިވެފައިވާކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
ވޭތުވެދިޔަ 60 އަހަރު އެގައުމު ފެންބޮޑުނުވާ ވަރަށް މިހަފްތާތެރޭ ފެންބޮޑުވެފައިވާއިރު އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ރެސްކިއު އޮޕަރޭޝަނަށް ވިއެޓްނާމުގެ ސިފައިން 30،000 މީހުން ނެރެފައިވާއިރު ހާހަކަށްވުރެން ގިނަ ބޯޓު ރެސްކިއުގައި ހަރަކާތްތެރިވަމުން ދެއެވެ.
ހާލުގައި ޖެހިފައިވާ މީހުންނަށް ލުއި ކާބޯތަކެތި ފޯރުކޮށްދިނުމަށް މިލިޓަރީ ހެލޮކޮޕްޓަރު ބޭނުންކުރަމުން ދާކަމަށް އޮފިޝަލުން ބުނެއެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ނެދަލެންޑް
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު