އިންޑޮނޭޝިއާ އަށް ދަތުރުކުރާ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަޝްހޫރު ބާލީގައި މިނީ ބަހެއް އެކްސިޑެންޓުވެ ފަތުރުވެރިންތަކެއް މަރުވެއްޖެއެވެ.
ބާލީގައި ހިނގި އެ އެކްސިޑެންޓުގައި މަރުވެފައިވަނީ އެ ބަހުގައި ދަތުރުކުރި މީހުންގެ ތެރެއިން ފަސް ފަތުރުވެރިން ކަމަށް އޮފިޝަލުން ބުނެއެވެ.
ބަހުން ދަތުރުކުރި މީހުންގެ ތެރެއިން އެކްސިޑެންޓުގައި މަރުވެފައިވަނީ ޗައިނާއަށް ނިސްބަތްވާ ފަތުރުވެރިންކަމަށްވެސް އޮފިޝަލުން ބުނެެއެވެެ.
އެހާދިސާގައި އަށް މީހަކަށް އަނިޔާވެ ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
ބާލީގެ ބުލެލެންގް ޑިސްޓްރިކްޓުގައި އިއްޔެ ހިނގި އެހާދިސާ ހިނގަން މެދުވެރިވެފައިވަނީ އެބަސް ދުއްވި ހިމަ އަދި ކަތި މަގުގެ ސަބަބުން ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. ބާރު ސްޕީޑެއްގައި ދުއްވާފައިދިޔަ އެބަސް ދަތުރުކުރަމުން ދިޔަވަގުތު ބަސް ކޮންޓްރޯލްނުވެ އެމަގުގެ އަރިމަތީހުރި ގަހެއްގައި ޖެހި އެކްސިޑެންޓު ވީ ކަމަށް އެ ޑިސްޓްރިކްޓުގެ ފުލުހުންނާއި ހަވާލާދީ ރިޕޯޓުތަކުން ބުނެއެވެ.
ހާދިސާ ހިނގަން މެދުވެރިވި ގޮތް ތަހުގީގު ކުރުމަށް އެޑިސްޓްރިކްޓުގެ ފުލުހުން ވަނީ މަސައްކަތް ފަށައިފައެވެ.
މަރުވި ފަތުރުވެރިންގެ ތެރޭގައި ހިމެނެނީ ތިން އަންހެނުންނާއި ދެ ފިރިހެނުން ކަމަށްވެސް އޮފިޝަލުން ބުނެފައިވެއެވެ. ފުލުހުން ވަނީ އެހާދިސާ ހިނގުމާއެކު ޗައިނާގެ ފަތުރުވެރިން ނިސްބަތްވާ އެމްބަސީތަކަށް އެމައުލޫމާތު ހިއްސާކޮށްފައެވެ.
މުހައްމަދު އައުޒަމް
ވިޔަފާރި
އިޖުތިމާއީ ހިދުމަތް
އިޖުތިމާއީ މައްސަލަތައް
އައިފޯން