ރޯދަ މަހު ޓްރީ ޓޮޕް ހޮސްޕިޓަލުން އަދި ޓީޓީއެޗް ކްލިނިކުން ހިދުމަތްދޭނެ ގަޑިތައް ކަނޑައަޅައިފިއެވެ.
ޓްރީ ޓޮޕުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރޯދަ މަހު އެ ހޮސްޕިޓަލުން އޯޕީޑީގެ ހިދުމަތް ލިބެން ހުންނާނީ ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށް ކަމަށެވެ. އަދި ރޭގަނޑު 8:30 އިން 11:00 އަށް ކަމަށެވެ.
އެހެނިހެން ހިދުމަތްތައް ލިބޭނެ ގަޑިތައް:
- ރޭޑިއޮލޮޖީ - ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގެ 10:00 އިން 15:00 އަށް. އަދި 20:30 އިން 23:00 އަށް
- ރިހެބިލިޓޭޝަން - ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގެ 10:00 އިން 15:00 އަށް. އަދި 20:30 އިން 23:00 އަށް
- ޑައިގްނޯސްޓިކްސް - ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގެ 10:00 އިން 15:00 އަށް. އަދި 20:30 އިން 23:00 އަށް
- ލެބޯޓަރީ - ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގެ 10:00 އިން 15:00 އަށް. އަދި 20:30 އިން 23:00 އަށް
- ފެމެލީ ކްލިނިކް - ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް 10:00 އިން 17:00 އަށް، 20:30 އިން 00:00 އަށް. އަދި ހުކުރު ދުވަސްތަކުގައި ހިދުމަތްދިނުމަށް ހަމަޖެހިފައިވަނީ 20:30 އިން 23:00 އަށް
- ޓީޓީއެޗް މާލޭ ކްލިނިކް - ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގެ 10:00 އިން 15:00 އަށް. އަދި 20:30 އިން 23:00 އަށް
- ޑަޔަލަސިސް - ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގެ 08:00 އިން 17:00 އަށް
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެމެޖެންސީ ރޫމްގެ ހިދުމަތް 24 ގަޑިއިރު ލިބެން ހުންނާނެ ކަމަށެވެ.
އާއިޝަތު މާހާ
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް