މީޑީއާތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ މެންޑޭޓް އަނެއްކާ ވެސް ހޯމް މިނިސްޓްރީގެ ދަށަށް ބަދަލު ކޮށްފިއެވެ.
ހޯމް މިނިސްޓްރީގެ ދަށަށް މީޑިއާތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ މެންޑޭޓު ބަދަލުކޮށްފައިވަނީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ބައެއް ވުޒާރާތައް އެއްކޮށްލައި، އަލުން އެކުލަވާލި ކެބިނެޓާއެކުއެވެ.
ހޯމްލޭންޑް މިނިސްޓްރީގެ ނަން މިހާރު ވަނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީއަށް ބަދަލުކޮށްފައެވެ.
މި ބަދަލުތަކާއެކު އެ މިނިސްޓްރީގެ މެންޑޭޓަށް ބަދަލުތަކެއް ގެނެސް 9 އިދާރާއެއްގެ މަސައްކަތްތައް މިހާރު ވަނީ ބަދަލުކުރެވިފައެވެ. އެއީ:
- މޯލްޑިވްސް އިމިގްރޭޝަން
- ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން
- ނޭޝަނަލް ޑްރަގް އެޖެންސީ
- ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް
- ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ
- ލޭބާ ރިލޭޝަންސް އޮތޯރިޓީ
- ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް
- މޯލްޑިވްސް ޑިޖިޓަލް ސާވިސް
- ނޭޝަނަލް ކެރިއާސް ސާވިސް
ރައީސް އޮފީހުން އާންމުކޮށްފައިވާ ލިޔުމުގައިވާ ގޮތުން ރާއްޖޭގެ ޕްރިންޓް މީޑިއާ އާއި އިލެކްޓްރޯނިކް މީޑިއާ ތަރައްގީ ކުރަން ބޭނުންވާ ސިޔާސަތު ކަނޑައަޅައި، އެ ދާއިރާ ކުރިއަރުވަން މަގުފަހިކޮށްދިނުމަކީ ހޯމް މިނިސްޓްރީގެ ޒިންމާ އެކެވެ.
އަލީ ޔާމިން
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ