"އަދަދު" ނޫހުން އާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް، ސ. މީދޫ/ އައިޝަތު އީޝާ އަޝްރަފު މިރޭ ފުލުހަށް ހާޒިރުކުރަން ނިންމައިފި އެވެ.
"ވަން" އަން މައުލޫމާތު ލިބިފައިވާ ގޮތުގައި އިޝާ 21:00 އަށް ފުލުހަށް ހާޒިރުކުރަން ޗިޓް ހަވާކުކޮށްފައިވަނީ މި އަހަރުގެ މާޗް މަހުގެ 28ގައި އަދަދު އޮންލައިންގެ އެކްސް އެކައުންޓުގައި ރައީސް، ޑރ. މުހައްމަދު މުއިއްޒުއަށް ގަޒުފުކޮށް އާއިޝާ ގެ ނަމުގައި ވީޑިއޯ ރިޕޯޓެއް ޝާއިރުކޮށްފައިވާ މައްސަލައިގައި ބައިވެރިވުން އޮތްކަމަށް ތުހުމަތުކުރެވޭތީ ސުވާލުކޮށް ބަޔާން ނެގުމަށެެވެ.
ހާޒިރުވާން އަންގާފައިވަނީ ހުޅުމާލެ ފޮލިސް ފޭސް 1 އަށެވެ. އެ ތަހުގީގުގައި ހޭދަވާނެ ވަގުތު ކަމަށް ލަފާކުރެވޭ ވަގުތެއް ކަނޑައަޅާފައިިވަނީ ދެ ގަޑިއިރާ 59 ސިކުންތެވެ.
މި މައްސަލާ ގުޅިގެން "އަދަދު" ނޫހަށް ފުލުހުންވަދެ އެތަން ބަލާ ފާސްކުރީ މިދިޔަ މަހުގެ 27 ގައެވެ.
މި މައްސަލައަކީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގަޒްފުގެ ތުހުމަތުކޮށް އުފައްދާފައިވާ ޑޮކިއުމެންޓްރީއަކާ ގުޅިގެން ހިންގާ ތަހުގީގެކެވެ. މި މައްސަލައިގައި އަދަދުގެ ސީއީއޯ ހުސެއިން ފިޔާޒާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ފަސް ޖިނާއީ ތުހުމަތެއް ފުލުހުން ކުރެއެވެ. އޭގެ ތެރޭގައި ގަޒްފުގެ ކުށާއި، ކުށެއް ކުރުމަށް ރޭވުމާއި ބައިވެރިވުމުގެ ތުހުމަތު ހިމެނެއެވެ.
މި މައްސަލައިގައި އެ ދެ މީހުން ވެސް ވަނީ ފުލުހަށް ހާޒިރު ކޮށްފައެވެ.
މި މައްސަލާގައި ހަސަން އާއި ފިޔާޒުގެ އިތުރުން، ޑޮކިއުމެންޓްރީއަށް މައުލޫމާތު ދިންކަމަށް ތުހުމަތުކުރާ އައިޝަތު އީޝާ އަޝްރަފްގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓައިފައެވެ.
ފާތިމަތު ލިއުޝާ
ޕޮލިސް
ޕޮލިސް
ޕޮލިސް