އަންނަ މަހު އެމެރިކާ، ކެނެޑާގެ އިތުރުން މެކްސިކޯގައި ފަށާ ވޯލްޑް ކަޕް 2026 އަށް އިންގްލެންޑް 26 ކުޅުންތެރިން ފައިނަލް ސްކޮޑު އިއުލާނު ކޮށްފިއެވެ.
އިންގްލެންޑްގެ ކޯޗު ތޯމަސް ޓުޗެލް އިއުލާނުކުރި ސްކޮޑުން ބައެއް މަޝްހޫރު ކުޅުންތެރިންނަށް ފުރުސަތު ގެއްލިފައިވެއެވެ. ތަރިންގެ އިންގްލެންޑް ސްކޮޑުން ޖާގަ ގެއްލުނު ކުޅުންތެރިންގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު ހެރީ މެގުއާއާއި މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ފިލް ފޮޑެން އަދި ޗެލްސީގެ ތަރި ކޯލް ޕާމާ ހިމެނެއެވެ. އެ ތިން ކުޅުންތެރިންވެސް އެންމެފަހުން 2024 ވަނަ އަހަރު ޔޫރޯގައި ކުޅެފައިވެއެވެ.
ޓުޗެލް، 2025 ވަނަ އަހަރު ޖެނުއަރީ މަހު އިންގްލެންޑާ ހަވާލުވިފަހުން އާންމުކޮށް ސްކޮޑުން ޖާގަ ދެމުން ނުދާ ޓްރެންޓް އެލެކްސެންޑާ-އާނޯލްޑަށްވެސް ވޯލްޑް ކަޕް ސްކޮޑުން ޖާގަ ދީފައެއް ނުވެއެވެ.
ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލް އިންގްލެންޑް ދަތުރު ކޮށްފައިވާ އިރު، ޓުޗެލްގެ ފައިނަލް ސްކޮޑުން ޖާގަ ލިބުނީ އޭގެ ތެރެއިން އަށް ކުޅުންތެރިންނަށެވެ.
އިންގްލެންޑް ސްކޮޑުން ކޯބީ މައިނޫއާއި ޖޯޑަން ހެންޑަސަންއަށްވެސް ފުރުސަތު ދީފައިވާ އިރު، ހެންޑަސަން ވެގެންދާނީ ބޮބީ ޗާލްޑަންގެ އިތުރުން ހަތަރު ވޯލްޑް ކަޕަކަށް ދާނެ އިންގްލެންޑްގެ ފުރަތަމަ ކުޅުންތެރިޔާއެވެ.
ޓުޗެލްގެ ޑިފެންސް ލައިނުން ސިޓީގެ މާކް ގޭއީއާއި ޖޯން ސްޓޯންސްއަށްވެސް ޖާގަ ދީފައިވާ އިރު، ގިނަ ބައެއްގެ ސަމާލުކަމަށް އައި އިތުރު ކުޅުންތެރިޔަކީ އިވަން ޓޮނޭއެވެ. ސައުދީ ޕްރޯ ލީގުގައި ކުޅެމުންދާ ފޯވަޑް ޓޮނޭ، ޔޫރޯއަށްފަހު ގައުމީ ޓީމަށް ކުޅެފައި ވަނީ އެންމެ ހަތް މިނެޓެވެ. އޭގެ އިތުރުން އާސެނަލްގެ ނޮނީ މަޑުއޭކޭއަށްވެސް ސްކޮޑުން ޖާގަ ދީފައިވެއެވެ.
އިންގްލެންޑްގެ ފައިނަލް ސްކޮޑު
ގޯލްކީޕަރުން: ޖޯޑަން ޕިކް ފޯޑު، ޑީން ހެންޑަސަން، ޖޭމްސް ޓްރެފޯޑް
ޑިފެންޑަރުން: ރީސް ޖޭމްސް، އެޒްރީ ކޮންސާ، ޖަރެލް ގުއަންސާ، ޖޯން ސްޓޯންސް، މާކް ގޭއީ، ޑެން ބާން، ނިކޯ އޮރެއިލީ، ޖެޑް ސެޕެންސް، ޓިނޯ ލިވްރަމެންޓޯ
މިޑްފީލްޑަރުން: ޑެކްލަން ރައިސް، އެލިއޮޓް އެންޑަސަން، ކޯބީ މައިނޫ، ޖޯޑަން ހަންޑަސަން، މޯގަން ރޮޖާސް، ޖޫޑް ބެލިންހަމް، އެބެރެޗީ އެޒޭ
ފޯވަޑުން: ހެރީ ކޭން، އިވަން ޓޮނޭ، އޮލީ ވޮޓްކިންސް، ބުކަޔޯ ސަކާ، މާކަސް ރަޝްފޯޑު، އެންތަނީ ގޯޑަން، ނޮނީ މަޑުއޭކޭ
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026