ރާއްޖޭގެ ރަށްރަށުގައި ދާއިމީ އިމާމުން ނެތް މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، އިމާމުކަމުގެ ހާއްސަ އާންމު އިމްތިހާނެއް ތައާރަފުކުރުމަށް މަޝްވަރާ ކުރަމުންދާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް އެކްސްގައި މިއަދުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިސްކިތްތައް އިތުރުވަމުން ދިޔަ ނަމަވެސް، ބައެއް ރަށްރަށުގައި އިމާމުކަން ކުރާނެ ފެންވަރުގެ މީހުން މަދުވުމުގެ ސަބަބުން ދާއިމީ އިމާމުން ހޯދުމަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.
"މި މައްސަލައަށް ހައްލު ހޯދުމަށްޓަކައި އޯލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން ދާއިރާއަށް ޝައުގުވެރިވާ ކުދިންނަށް އިތުރަށް ވަޒީފާގެ ފުރުސަތު ފަހި ކުރުމާއި، އިމާމުކަމުގެ ކޯހެއް ނުވަތަ އެއާ ގުޅުން ހުރި ކޯހެއް ނެތް ފަރާތްތަކަށް، މިނިސްޓްރީން ކަނޑާއަޅާ މިންވަރުގެ މުގައްރަރެއް ކަނޑައަޅައި އާއްމުކޮށް އޭގެ ދަށުން ކޮންމެ އަހަރަކު އިމާމު ކަމާ ގުޅޭ އާއްމު އިމްތިހާނެއް ތައާރަފްކޮށް އިމާމްކަންކުރުމުގެ ހުއްދައެއް ތައާރަފް ކުރުމަށް މިނިސްޓްރީން މިދަނީ މަޝްވަރާކުރަމުން" ޝަހީމް ވިދާޅުވިއެވެ.
ކަމާގުޅުން ހުރި އެހެނިހެން އިދާރާތަކާ މަޝްވާރާކުރުމަށް ފަހު އެކަމުގައި ކުރިއަށް ދާނެ ގޮތް ވަރަށް އަވަހަށް އިއުލާން ކުރާނެކަމަށް ޝަހީމް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ބައެއް ރަށްރަށުގަ ޒުވާންޚަތިބުންތިއްބާ އެކުދިންނާ މިސްކިތް ވަގުތީގޮތުން ޙަވާލުނުކޮށް ކައުންސިލުން އިމާމުންނާއި ދެކޮޅަށް ރަނގަޅަށް ޤުރްއާންކިޔަވަންވެސްނޭނގޭ ދޮށީޢުމުރުގެސިޔާސީމީހުންނާ މިސްކިތްތައް ޙަވާލުކުރުމަކީ ހިތާމަކުރަން ޖެހިފައިވާ ނުރައްކާތެރިކަމެއް
ތެދުބުނާމީހާ - 2 ދުވަސް ކުރިން
ތިއީ ވަރަށް މުހިންމު ކަމެއް އަދި ރާއްޖޭގެ ކޮންމެ މިސްކިތަކަށް 2 އިމާމުން މި ޝިޢާރުގެ ދަށުން ކޮންމެ މިސްކިތަކަށް 2 އިމާމުން ހަމަޖެއްސުން ވެސް އެހާ މުހިންމު ކަމެއް އަދި ކޮންމެ ރަށަކަށް ދަންނަބޭކަލަކައި ކޮންމެ ރަށަކަށް ގުރުއާން ދަސް ހާފިޒަކުވެސް މުހިންމު
ދިރާސާ - 3 ދުވަސް ކުރިން