ހިމަބިއްސަށް އަނެއްކާ ވެސް އިތުރު ބަޔަކު ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ ބުނީ މިދިޔަ ހަފުތާގައި ހިމަބިހީގެ އިތުރު ދެ ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ. އެއާއެކު މި މަހު ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 13 އަށް އަރައިފައެވެ.
މިދިޔަ މަހު ވެސް ހިމަބިހީގެ ހަ ކޭސް ފެނިފައިވާ އިރު، މި އަހަރުގެ މިހާތަނަށް 22 މީހަކު ވަނީ ހިމަބިއްސަށް ޕޮޒިޓިވްވެފައެވެ.
ހިމަބިއްސަކީ ގައިންގަޔަށް އަވަހަށް ފެތުރޭ، ނުރައްކާތެރި ބައްޔެކެވެ. ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުމާއި ހަމުގައި ރަތް ބިހިތަކެއް ނެގުމުގެ އިތުރުން، ކެއްސުމާއި އަރިދަފުސް ފޭބުމާއި ލޯ ރަތްވުން ހިމެނެއެވެ.
މި ބަލީގެ ސަބަބުން ނިއުމޯނިޔާ ޖެހުމާއި ލޮލުގެ ފެނުމަށް އަސަރުކުރުން ފަދަ ސީރިއަސް މައްސަލަތައް ކުރިމަތިވެ، ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮވެއެވެ. މި ބަލިން ރައްކާތެރިވުމަށްޓަކައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަކީ މުހިންމު ކަމެކެވެ.
މި ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:
- ހުން އައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ސިއްހީ ފަރުވާ ހޯދުން
- ސިއްހީ ފަރުވާ ހޯދުމާއި ފަރުވާ ހޯދަން ހޮސްޕިޓަލަށް ދާއިރު މާސްކު އަޅައިގެން ދިއުން
- އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުން
- ހިމަބިއްސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުން
- ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުން
ސިއްހަތު
ސިއްހަތު
ސިއްހަތު
ސިއްހަތު
ކޮމެންޓް