މިއަހަރު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުވެސް ނުނިމެނީސް، އެންމެ ގިނަ ސަޕޯޓަރުން މެޗު ބަލަން ވަދެފައިވާ މުބާރާތަށް މި މުބާރާތް ވެއްޖެއެވެ.

މީގެ ކުރިން އެންމެ ގިނަ ސަޕޯޓަރުން ވަދެފައިވާ ވޯލްޑް ކަޕަކީ 1994 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. އެއީވެސް އެމެރިކާގައި ބޭއްވި ވޯލްޑް ކަޕެކެވެ. އެފަހަރު ވޯލްޑް ކަޕްގައި ކުޅުނީވެސް ޖުމުލަ 52 މެޗެވެ. އެފަހަރު މެޗުތަކުގައި 99 ޕަސެންޓަށް ސްޓޭޑިއަމް ފުރިފައިވެއެވެ. 1994 ވަަނ އަހަރު ވޯލްޑް ކަޕް ނިމުނު އިރު، ގާތްގަނޑަކަށް 3.6 މިލިއަން ސަޕޯޓަރުން ދަނޑަށް ވަދެފައިވެއެވެ. ފީފާއިން ބުނެފައި ވަނީ ރޭގެ ފުރަތަމަ ދެ މެޗާ ހަމައަށް މިއަހަރު ވޯލްޑް ކަޕްގެ މެޗުތަކަށް 3.6 މިލިއަނަށްވުރެ ގިނަ މީހުން ވަދެފައިވާ ކަމަށެވެ.

މިއަހަރު މުބާރާތުގައި އެ ރެކޯޑު އާވިއިރުވެސް ބާކީ އަދި 48 މެޗު އޮތެވެ.

މިއަހަރުގެ ވޯލްޑް ކަޕްގެ ކުރިން އެމެރިކާއަށް ދާން ބޭނުންވި އެތައް ސަޕޯޓަރުންނަކަށް އެގައުމަށް ދެވިފައެއް ނުވެއެވެ. އެއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަޕާއި އެމެރިކާގެ ހަރުކަށި ވިސާ ސިސްޓަމުގެ ސަބަބުންނާއި އަގު ބޮޑުކަމުންނެވެ. މިއީ ތާރީހުގައިވެސް އެންމެ އަގުބޮޑު ވޯލްޑް ކަޕެވެ.

އެގޮތުން ޓިކެޓް އަގުވެސް އަތު ނުޖެހޭ ވަރަށް އަރައިގން ގޮސްފައިވާ އިރު، އެމެރިކާއިން ސަޕޯޓަރުންނަށް އެތެރޭގެ ޓްރާންސްޕޯޓް ހިލޭ ކޮށްފައެއްވެސް ނުވެއެވެ. އެހެން ނަމަވެސް އަދަދުތައް އިތުރުވެފައިވަނީ އެމެރިކާގެ ސްޓޭޑިއަމްތައް ބޮޑެތިވުމުންނެވެ. އަދި މިއީ ތާރީހުގައި އެންމެ ބޮޑު ވޯލްޑް ކަޕްވެސް މެއެވެ.