ގަލްފުގެ ގައުމުތަކާ ގުޅިގެން ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ފީ ނަގައިގެން އަހަރަކު 40 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދުމުގެ އާ ޕްލޭނެއް އީރާނުން ހުށަހަޅައިފިއެވެ. ދާދި ފަހުން ގާއިމުކުރި 60 ދުވަހުގެ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމަށްފަހު، އީރާނުން މި ހުށަހެޅުން ހުށަހަޅާފައިވަނީ ސަލާމަތީ އަދި ތިމާވެށީގެ ހިދުމަތްތަކަށް އަގު ނެގުމުގެ ގޮތުންނެވެ.
އެމެރިކާގެ ނޫހެއް ކަމަށްވާ ދަ ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ޕްލޭން ތަންފީޒުކުރެވިއްޖެ ނަމަ، އީރާނާއި ގަލްފުގެ އެހެން ގައުމުތަކަށް އިގުތިސޯދީ ބޮޑު ފައިދާތަކެއް ލިބިގެންދާނެއެވެ.
ރިޕޯޓްތައް ބުނާ ގޮތިގައި ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ފަސްބައިކުޅަ އެއްބައި ހުރަސްކުރާ ހޮރްމުޒް ކަނޑުއޮޅީގެ ކަންކަން ބެލެހެއްޓުމަށް އީރާނުން ގެންގުޅޭ މި ވިސްނުމަކީ، ތުރުކީން ދަރްދަނޭލްސް ކަނޑުއޮޅި ބަލަހައްޓަމުން އަންނަ ނިޒާމާ އެއްގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ.
އޮމާނަށް ކުރެއްވި ދަތުރުފުޅެއްގައި އީރާނުގެ ޕާލަމެންޓުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވި ގޮތުގައި، ހޮރްމުޒް ކަނޑުއޮޅި ބެލެހެއްޓުމުގެ ކަންކަން ހަނގުރާމައިގެ ކުރިން އޮތް ގޮތަށް ދެން ދުވަހަކުވެސް ބަދަލެެއް ނުވާނެއެވެ. އަދި މިކަމުގައި ގަލްފުގެ ގައުމުތަކުގެ ބައިވެރިވުން ހޯދުމަށް އީރާނުން އަންނަނީ މަސައްކަތްކުރަމުންނެވެ.
ނަމަވެސް، މި ހުށަހެޅުމަށް އެމެރިކާއިން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވި ގޮތުގައި، ބައިނަލްއަގުވާމީ ކަނޑުއޮޅިއަކުން ފީ ނެގުމަކީ އެއްވެސް އެއްބަސްވުމެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
އިގުތިސޯދީ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، އީރާނާއި ސައުދީ އަރަބިއްޔާއާ ދެމެދު ގުޅުން ބަދަހިވަމުން އަންނަ މި ދަނޑިވަޅުގައި، މިފަދަ ޕްލޭނެއްގެ ސަބަބުން ސަރަހައްދީ ވިޔަފާރިއަށް ބޮޑެތި ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.
މިހާރު އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އިން އަންނަނީ ކަނޑުއޮޅީގައި ތާށިވެފައިވާ އުޅަނދުތައް ސަލާމަތްކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމާމެދު ގޮތެއް ނިންމުމަށް މަޝްވަރާކުރަމުންނެވެ.
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ކޮމެންޓް