އެފްރިކާގެ ފުޓުބޯޅައާއި އެފްރިކާގެ ޓީމުތަކާ ގުޅޭގޮތުން ޖަރުމަނުގެ ކުރީގެ މިޑްފީލްޑަރު ބަސްޓިއަން ޝްވައިންސްޓައިގާ ދެއްކި ވާހަކަތަކަކީ ނަސްލީ ތަފާތުކުރުން ކަމަށް ބުނެވިދާނެ ކަމަށް އައިވޮރީ ކޯސްޓްގެ އެމާސް ފާއޭ ބުނެފިއެވެ.
ޝްވައިންސްޓައިގާއަކީ ވޯލްޑް ކަޕް ދައްކާ އޭއާރްޑީގެ އެނަލިސްޓެކެވެ. މިދިޔަ ހަފުތާ ޖަރުމަނުން އައިވޮރީ ކޯސްޓާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ޝްވައިންސްޓައިގާ ބުނީ "ޖަރުމަނުން ކުއްލިއަކަށް ބަދަލުވެދާނެ ހާލަތަށް ތައްޔާރަށް ތިބެން ޖެހޭ،" ކަމަށާއި، "އެފްރިކާގެ ޓީމުތަކަކީ އާދަޔާހިލާފު ގޮތްގަނޑެއް ހުންނަ،" "ފާޑެއްގެ ޓީމުތަކެއް،" ކަމަށް ޝްވައިންސްޓައިގާ ބުނެފައިވެއެވެ.
ޝްވައިންސްޓައިގާ ބުނީ "އެފްރިކާ ފުޓުބޯޅައަކީ ޓެކްޓިކަލްއަށްވުރެ ބޮޑަށް ވައިލްޑް،" އެއްޗެއް ކަމަށެވެ.
ފާއޭ ބުނީ ޝްވައިންސްޓައިގާ އެހެން ބުނުމަކީ އޭނާއަށް ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ.
"ފުޓުބޯޅަ އެހާ ރަނގަޅަށް އެނގޭ، އެހާ ބޮޑަށް ފުޓުބޯޅަ ރަމްޒުކޮށްދޭ މީހަކު އެ ދެއްކި ވާހަކައަކީ އޮޑް ވާހަކައެއް. ހަމައަކުން ބަލާނަމަ އެއީ ސީދާ ނަސްލީތަފާތުކުރުމުގެ ވާހަކައެއް،" ފާއޭ ބުންޏެވެ.
ފާއޭ އިތުރަށް ބުނީ މިހާރުގެ ދުނިޔޭގައި "އެމީހަކު ބޭނުން ހިޔާލެއް ދެވިދާނެ،" ނަމަވެސް، އެފްރިކާގެ ފުޓުބޯޅައަކީ ހަމައެކަނި "ފިޒިކަލް އެއްޗެއް" ނޫން ކަމަށެވެ. އަދި އެފްރިކާގެ ފުޓުބޯޅައަކީ ޓެކްޓިކަލްވެސް އެއްޗެއް ކަމަށާއި، ޝްވައިންސްޓައިގާ ދެކޭ ގޮތަށް ދެކުން އެއީ މިހާރު އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
ޖަރުމަނާއި އައިވޮރީ ކޯސްޓް ވާދަކުރި މެޗު 2-1 އިން ޖަރުމަނު ފަހުވަގުތު ކާމިޔާބުކުރި އިރު، އައިވޮރީ ކޯސްޓުން ރޭ ވަނީ އެގައުމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ދެވަނަ ބުރުން ޖާގަ ހޯދައިފައެވެ. ރޭ ޖަރުމަނު އެކުއަޑޯ ކައިރިން ބަލިވިޔަސް، ޖަރުމަނު ވަނީ އެ ގްރޫޕްގެ އެއްވަނަވެސް ހޯދައިފައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް