ސްޓެލްކޯއިން، އަތޮޅުތެރޭގައި ހިންގާ އިންޖީނުގެތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރު ކުރުމަށް ހާއްސަ ކޯހެއް ފަށައިފިއެވެ.

ސްޓެލްކޯއިން ރޭ ބުނީ އެ ޕްރޮގްރާމަކީ "ސެޓްފިކެޓް ލެވެލް 3 އިން ވޯޓާ ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓެނަންސް"ގެ ކޯހެއް ކަމަށެވެ.

އެ ކޯހުގައި އެކި ރަށްތަކުން ސްޓެލްކޯގެ 60 މުވައްޒަފުން ބައިވެރިވާކަމަށް ސްޓެލްކޯއިން ބުންޏެވެ. އެ ކޯހުގެ މަގުސަދަކީ ރައްކާތެރިކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ފެނާއި، ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ފަންނީ ހުނަރާއި ގާބިލުކަން މުވައްޒަފުންގެ ކިބައިގައި އަށަގަންނުވައި، ގައުމީ ފެންވަރުގައި ބަލައިގަނެވޭ ފެންވަރުގެ ސަނަދެއް މުވައްޒަފުންނަށް ހޯދައިދިނުންކަމަށް ސްޓެލްކޯއިން ބުންޏެވެ.

އެ ކޯސް ކުރިޔަށްގެންދަނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)އާ ގުޅިގެންކަމަށް ސްޓެލްކޯއިން ބުންޏެވެ.