އިންގްލެންޑްގެ ޗެލްސީ ސައިޑް ބެކް، ރީސް ޖޭމްސްގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އޭނާ ނުފެންނާނެ ކަމަށް ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.
ވޯލްޑް ކަޕުގައި މިހާތަނަށް ކުޅުނު ދެ މެޗަށްފަހު، އިންގްލެންޑު އޮތީ ރަނގަޅު މަގާމެއްގައެވެ. ކްރޮއޭޝިއާގެ މައްޗަށް 4-2 އިން ހޯދި މޮޅާއެކު އެ ޓީމަށް ފުރިހަމަ ފެށުމެއް ލިބުނު އިރު، ގަދަ 32 ޔަގީން ނުކުރެވި އޮތީ އެންމެފަހުން ކުޅުނު މެޗުގައި ގާނާ ކައިރިން ގޯލެއް ނުޖެހި 0-0 އިން އެއްވަރުވުމުންނެވެ. އެހެން ނަމަވެސް މިރޭ ޕެނަމާއާ ދެކޮޅަށް ކުޅޭ މެޗުން އެއްވަރު ކޮށްލައިގެންވެސް އިންގްލެންޑް އަނެއް ބުރަށް ދާނެއެވެ.
މިރޭގެ މެޗަށް ނުކުންނަ އިރު، މީގެ ކުރިން ދެ މެޗުގައިވެސް ކުޅުނު ޖޭމްސް އަނިޔާގައި ހުރިކަން ޓުޗެލް ވަނީ ޔަގީން ކޮށްދީފައެވެ. އަނިޔާގެ ސަބަބުން ޖޭމްސް ޓީމާއެކު ދަތުރުކޮށްފައެއް ނުވެއެވެ.
"ޖޭމްސްގެ ފަލަމަސްގަނޑަށް ކުޑަ އަނިޔާއެއް ލިބިފައި ވަނީ. މިދިޔަ ދެ ދުވަހު އޭނާ ތަމްރީނުތަކަށް ނުކުމެފައެއް ނުވޭ. މިހާރު ޖޭމްސް މަސައްކަތް ކުރަމުންދަނީ އަވަސް ރިހެބް ޕްރޮގްރާމެއްގެ ދަށުން. އަހަރެމެން ބަލާނީ މެޗުން މެޗަށް. އެކަމަކު އަހަންނަށް ވަރަށް ބޮޑަށް ޔަގީން އަދި މުބާރާތުގެ ތެރެއިން ޖޭމްސް ފިޓް ވާނެ ކަމަށް،" ޓުޗެލް ބުންޏެވެ.
މީގެ ކުރިންވެސް އަނިޔާގެ ގިނަ މައްސަލަތަކާ ދިމާވެފައިވާ ޖޭމްސް މިފަހަރު ވޯލްޑް ކަޕަށް ދިޔައީ ސީޒަން ތެރޭގައި އަނިޔާއަށް ވިސްނައިގެން ކުޅެގެންނެވެ. އެގޮތުން ބައެއް ހިސާބުތަކުން ޗެލްސީން ވަނީ އޭނާގެ އަނިޔާއަށް ވިސްނާ ރެސްޓްތައް ދީފައެވެ.
ޓުޗެލް ބުނީ ޖޭމްސްގެ އަނިޔާއަކީ އުންމީދުކުރި އަނިޔާއެއް ނޫން ކަމަށާއި، އޭނާ ހުރީ ވަރަށް ފިޓްކޮށް ކަމަށެވެ. އަދި އަނިޔާވުމުން މިހާރު އެކަމަށް ހައްލު ހޯދަން އަވަހަށް މަސައްކަތް ފަށާފައިވާ ކަމަށް ޓުޗެލް ފާހަގަކުރިއެވެ.
އިންގްލެންޑުން ގާނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޑެކްލަން ރައިސްއާއި ބުކަޔޯ ސަކާ އަދި އެލިއަޓް އެންޑަސަންއަށްވެސް ބައެއް އަނިޔާތަކާ ކުރިމަތިވެފައިވާ އިރު، ޓުޗެލް ބުނީ އެ ކުޅުންތެރިން މިރޭގެ މެޗަށް ފިޓްކޮށް ތިބި ކަމަށެވެ.
އިންގްލެންޑާއި ޕެނަމާ ވާދަކުރާ މެޗު އޮންނާނީ މިރޭ 2:00 ގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް