އދ. ހަންޏާމީދޫގައި ބަގީއަކާއެކު މޫދަށް ވެއްޓުނު ކުއްޖަކު މަރުވެއްޖެއެވެ.
އެ ހާދިސާއާ ބެހޭގޮތުން މައުލުމާތު ދެއްވަމުން ހަންޏާމީދޫ ކައުންސިލްގެ އިންފޮމެޝަން އޮފިސަރު ޖަމްޝާދު މަހްމޫދު "ވަން"އަށް މިއަދު ވިދާޅުވީ އެ ހާދިސާ ހިނގާފައިވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ.
"އެ ހާދިސާ ހިނގައިގެން އެ ކުއްޖާ މަރުކަޒަށް ގެނެސްފައިވަނީ ހަވީރު 5 ޖަހާއިރު އެހެންވީމަ ހާދިސާ ހިނގާފައިވާނެ ކަމަށް ބެލެވެނީ 4:45 ހާއިރު،" ޖަމްޝާދު ވިދާޅުވި އެވެ.
ޖަމްޝާދު ވިދާޅުވީ ސިކުނޑީގައި ކުޑަ އުނިކަމެއް ހުންނަ އުމުރުން 13 އަަހަރުގެ އެ އެކުއްޖާ ބަނދަރު ސަރަހައްދަށް ގޮސްފައިވަނީ އެކުއްޖާގެ ކާފަމެންނާ އެކު، ބަނދަރުގައި ހުރި ޕާކުތެރޭގައި ހުރި ރުކަކުން ކުރުނބާ އެޅުމަށް ކަމަށެވެ.
"އެކަން ހިނގިއިރު އަޅުގަނޑު އެތާކު ނެތިން. އަޅުގަނޑަށް މައުލޫމާތު ލިބުނު ގޮތުގައި ކުރުނބާ އަޅަން އުޅުނުއިރު ކާފަމެން ގާތަށް އަންނަން ބުނީމަ އެކުއްޖާ ބުނި ކަމަށްވަނީ ބަގީ ކައިރީގައޭ ހުންނާނީ، އޭނަ އަތުގައި ތަޅުދަނޑިވެސް އޮތް ކަމަށް، އެވަގުތު ބަގީ އޮތީ މޫދާވީ ކޮޅަށް ބޭއްވިފައި، އެހެން މީހުން ކުރުނބާ އަޅަން މަސްއޫލުވި ވަގުތު އޭނަ ބަގީއަށް އަރައި ދުއްވާލީ،"
ބާރު ސްޕީޑުގައި ގޮސް އެކުއްޖާ ޖެހުނީ އެވަގުތު ފަޅުގައި އޮތް ޑައިވިން ދޯންޏެއްގައި ކަމަށާއި އެކުއްޖާ އާއި ބަގީ މޫދަށް ވެއްޓުނު ކަމަށެވެ. އަދި އެވަގުތު އެ ސަރަހައްދުގައި ތިބި މީހުން އެކުއްޖާ ނަގައިގެން އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ.
"ބައެއް މީހުން ބުނި މަރުކަޒަށް ގެންދިޔައިރު ވިންދު ހުއްޓޭ،" ޖަމްޝާދު ވިދާޅުވިއެވެ.
ޖަމްޝާދު ވިދާޅުވީ އެކްސްރޭ ނެގުމަށާއި ސާމްޕަލް ނެގުމަށް އެކުއްޖާގެ ހަށިގަނޑު އެ އަތޮޅު މަހިބަދުއަށް ގެންގޮސް ގެނައުމަށްފަހު ރޭ 12:30 ހާއިރު އެކުއްޖާ ވަޅުލާފައިވާ ކަމަށެވެ.
އާއިޝަތު މާހާ
މަރު
މަރު
މަރު
ކޮމެންޓް