އެމެރިކާ މެދުވެރިވެގެން އިސްރާއީލާއި ލުބުނާނާ ދެމެދު އެކުލަވާލި އެއްބަސްވުމަށް ހިޒްބުﷲގެ ލީޑަރު ނައީމް ގާސިމް މިއަދު ރަސްމީކޮށް ދެކޮޅުހައްދަވައިފިއެވެ. އޭނާ ވިދާޅުވި ގޮތުގައި ވޮޝިންޓަންގައި ސޮއިކުރި މި އެއްބަސްވުމަކީ ބާތިލު އެއްޗެއް ކަމަށާއި، އެއީ ގައުމުގެ ސިޔާދަތު ދޫކޮށްލުން ފަދަ ނިކަމެތިކަމެކެވެ.
ނައީމް ގާސިމް ވިދާޅުވެފައިވަނީ، މި އެއްބަސްވުމުގެ ބަދަލުގައި އަމަލުކުރަން ޖެހޭނީ އީރާނާއި އެމެރިކާއާ ދެމެދު އެކުލަވާލާފައިވާ ފަހުމުނާމާއަށް ކަމަށެވެ. ލުބުނާނުގެ ދެކުނުން އިސްރާއީލު ސިފައިން ފޭބުން، ހިޒްބުﷲގެ ހަތިޔާރު ބޭލުމާ ގުޅުވުމަކީ އެ ޖަމާއަތުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށާއި، އެއީ ރަތް ރޮނގެއް ކަމަށް އޭނާ އިންޒާރުދެއްވިއެވެ.
އެމެރިކާ، އިސްރާއީލު އަދި ލުބުނާނުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، އެތައް މަހެއް ވާންދެން ދެމިއޮތް ހަމަލާބަދަލުކުރުންތައް ހުއްޓުވައި، ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމުގެ މަގުސަދުގައެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވި ގޮތުގައި، މިއީ ދާއިމީ ސުލްހައަކަށް އެޅުނު ފުރަތަމަ ފިޔަވަޅެވެ. ލުބުނާނުގެ ސަރުކާރުން މި އެއްބަސްވުމަށް ތާއީދުކުރި ނަމަވެސް، ހިޒްބުﷲ އިން ދެކޮޅުހެދުމާ ގުޅިގެން މިއަށް އަމަލުކުރުމާމެދު ވަނީ ސުވާލު އުފެދިފައެވެ. އަލް އަރަބިއްޔާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހިޒްބުﷲގެ މި ނިންމުމަކީ ވޮޝިންޓަނުން އިސްވެ އޮވެ ކުރިއަށްގެންދާ ސުލްހައިގެ މަޝްވަރާތަކަށް އެޅުނު ބޮޑު ހުރަހެކެވެ.
މި އެއްބަސްވުމުގައި ސޮއިކުރިތާ އެއް ދުވަސް ފަހުން، އިސްރާއީލުން ވަނީ ލުބުނާނުގެ ދެކުނުގައިވާ ނަބަތިއްޔާ ސަރަހައްދަށް ޑްރޯން ހަމަލާއެއް ދީފައެވެ. ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލު އަސްކަރިއްޔާއިން ބުނީ މި ހަމަލާ އަމާޒުކުރީ އެ ގައުމުގެ ސިފައިންނަށް ނުރައްކާ ކުރިމަތިކުރުވި ފަރާތަކަށް ކަމަށެވެ.
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ
ކޮމެންޓް