މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބާޖަކުން މޫދަށް ވެއްޓުނު ދެ ކޮންޓޭނަރު ހޯދައިފިއެވެ.

ފުލުހުން ރޭ ވަނީ އެމްޕީއެލްގެ ކޮންޓެއިނަރުތަކެއް ކަނޑަށް ވެއްޓި، އޮޔާދާ ކަމުގެ ރިޕޯޓް ފުލުހަށް ލިބިފައިވަނީ ރޭ 11:30 ހާއިރެވެ.

އެގޮތުން ކޮންޓެއިނަރުތައް އޮޔާ ދާނެ ކަމަށް ލަފާކޮށްފައި ވަނީ ކ.ދޫނިދުއާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުންނެވެ. އެހެންވެ، ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ފުލުހުން މިއަދު ބުނީ މި ހާދިސާގައި ފަސް ކޮންޓެއިނަރު މޫދަށް ވެއްޓި އޮޔާ ދިޔަ ކަމަށާއި އޭގެ ތެރެއިން ދެ ކޮންޓެއިނަރު މިހާރު ފެނިފައިވާ ކަމަށެވެ. އަދި ބާކީ ތިން ކޮންޓެއިނަރު ހޯދުމުގެ މަސައްކަތް ކަމާ ގުޅުންހުރި ފަރާތްތަކުން ކުރަމުން އަންނަ ކަމަށެވެ.