ސައުދީ އަރަބިއްޔާގެ، އަރަމްކޯ ކުންފުނީގެ ހެލިކޮޕްޓަރެއް ވެއްޓި ހިނގި ނުރައްކާތެރި ހާދިސާގައި އެތައް ބައެއްގެ ފުރާނަ ގެއްލުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު، ސައުދީގެ ވަލީއަހުދު އަދި ބޮޑުވަޒީރު ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް ފޮނުއްވި މެސެޖުގައި، މި ހިތާމަވެރި ހަބަރު އެއްސެވީ ނުހަނު ފުން އަސަރާއި ހިތާމައާއެކު ކަމުގައި ވިދާޅުވިއެވެ. އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސައުދީ ސަރުކާރަށާއި، އެ ގައުމުގެ ރައްޔިތުންނަށް މި ދަނޑިވަޅުގައި ތައުޒިޔާ ރައްދުކުރެއްވިއެވެ.
އެ މެސެޖުގައި ރައީސް ވަނީ، ސައުދީއަށް ދިމާވާ ކޮންމެ ދަތި ދަނޑިވަޅެއްގައިވެސް ރާއްޖެ އޮންނާނީ އެ ގައުމާއެކު ސާބިތުކަންމަތީގައި ކަމުގެ ޔަގީންކަން ދެއްވާފައެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި އަހުވަންތަ ގުޅުން ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ތައުޒިޔާގެ މެސެޖު ނިންމަވާލައްވަމުން، މި ހާދިސާގައި ފުރާނަ ގެއްލިދިޔަ ފަރާތްތަކުގެ އާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެން ރައީސް ދުއާ ކުރެއްވިއެވެ. އަދި މި ހިތާމައިން އަރައިގަތުމުގެ ހިތްވަރު އެންމެހައި ފަރާތްތަކަށް މިންވަރު ކުރެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް