އާންމުކޮށް ބޭނުންވާ ނާސިން ފަރުވާތައް ރައްޔިތުންނަށް ލުއި ފަސޭހަކަމާއެކު އަވަހަށް ފޯރުކޮށްދިނުމަށްޓަކައި "އައުޓްޕޭޝަންޓް ނާސިން ސާވިސަސް" ހުޅުމާލެ ހޮސްޕިޓަލްގައި ހުޅުވައިފިއެވެ.

އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި "އައުޓްޕޭޝަންޓް ނާސިން ސާވިސަސް" ހުޅުއްވައިދެއްވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމްއެވެ.

"އައުޓްޕޭޝަންޓް ނާސިން ސާވިސަސް" އިން ދޭ ހިދުމަތްތައް:

  • ޑޮކްޓަރަށް ދެއްކުން.
  • އިންޖެކްޝަން ޖެހުން.
  • ބޭސްއެޅުމާއި ⁠އާވި އަރުވައިދިނުން.
  • ބަނޑުގައިވާ ދަރިފުޅުގެ ވިންދު ބަލައިދިނުން.
  • ⁠ހަކުރު ހުރި މިންވަރު ބަލައިދިނުން.
  • ލޭ ނެގުމާއި ލޭ ހަދިޔާކުރުމުގެ ހިދުމަތް.
  • އެހެނިހެން ނާސިންގެ ހިދުމަތްތައް.

އެތަން ހުޅުވާފައި ހުންނަނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 23:00 އަށެވެ.