ދުނިޔޭގެ އެންމެ ބޮޑު އެއް އޮންލައިން ޕޭމަންޓް ޕްލެޓްފޯމް ކަމަށްވާ ޕޭޕަލްއަށް، ރާއްޖޭން 15 ދުވަހުން 3280 ފަރާތަކުން ލިންކުކޮށްފިއެވެ.
ޕޭޕަލް ހިދުމަތް އުރީދޫން އިން ރާއްޖެއަށް ރަސްމީކޮށް ތައާރަފްކުރީ މިމަހުގެ 15 ވަނަ ދުވަހުގައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ ހިދުމަތް ރާއްޖެއަށް ތައާރަފު ކުރި ދުވަހުން ފެށިގެން ޕޭޕަލް އަށް 3280 ފަރާތަކުން ލިންކުކޮށް، 2159 ފަރާތުން ޕޭޕަލް ވޮލެޓްގެ ހިދުމަތް ހޯދާ ކަމަށެވެ.
"ވޮލެޓް އެކްޓިވޭޓް ކޮށްފި 2159 ފަރާތަކުން. މިއީ ފެށުމެށް. ފުރަތަމަ ޕެއިޕަލް ހިދުމަތް ތައާރަފްކުރީ. ތައާރަފްކޮށްގެން އޭގެތެރެއިން، ހިދުމަތް ހޯދުން ނުވަތަ ފައިސާ ގެނައުމުގެ ފުރުސަތު ލިބިގެން މިދަނީ. ދެން ފުޅާކުރެވޭނެ ކަންތައް. ހަގީގަތުގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ވަރަށް ބޮޑު ކުރިއެރުމެއް ލިބޭކަމެއް. ދުނިޔޭގައި އެންމެ ފުޅާދާއިރާއެއްގައި ހިދުމަތް ލިބޭ އެކައްޗަކީ ޕޭޕަލް ކަމަށްވާއިރުގައި. އިތުރުކަންކަން ކުރިޔަށްގެންދުމުގައި ހުއްޓާނުލާ މަސައްކަތް ކުރަމުންގެންދާނީ." ރައީސް ވިދާޅުވިއެވެ
އެ ހިދުމަތުގެ ސަބަބުން ރާއްޖޭގެ އެންމެ ކުދި ވިޔަފާރިތަކުން ފެށިގެން މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުމުގައި ވަރަށް ބޮޑު އެހީޔަކަށް ވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ޕޭޕަލްގެ ވިތުޑްރޯވަލް ހިދުމަތް ހޯދުމަށް ސަރުކާރުން އެންމެ ފުރަތަމަ ރަސްމީކޮށް މަސައްކަތް ފެށީ 2014 ވަނަ އަހަރުގެ ޖޫން މަހުގެ 6 ވަނަ ދުވަހުއެވެ. އޭގެ ފަހުން، އެމެރިކާގެ ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަމާ އެކު ޕޭޕަލްގެ އިސް ވެރިންނާ ބައްދަލުކޮށް، ގިނަ މަޝްވަރާތަކެއް ކޮށްފައިވެއެވެ.
ޕޭޕަލްއިން ރާއްޖޭގެ ލޯކަލް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް ކަނޑައެޅުމަށް ފަހު، އެ ކުންފުނިން ވަނީ އެންޓި-މަނީ ލޯންޑްރިންގެ މިންގަނޑުތައް ހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން، 2025ގެ އޮކްޓޯބަރު މަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އުރީދޫއަށް އިންވާޑް ރެމިޓެންސް ލައިސަންސް ދޫކޮށްފައިވެއެވެ.
ޕޭޕަލް ރާއްޖެއަށް ތައާރަފުވުމަކީ ރާއްޖޭގެ ޑިޖިޓަލް އިގުތިސާދު ފުޅާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. މިހާރު ރާއްޖޭގެ ގިނަ ފްރީލާންސް މަސައްކަތްތެރިންނާއި ކޮންޓެންޓް ކްރިއޭޓަރުންނަށް ބައިނަލްއަގުވާމީ ފެންވަރުގައި ފައިސާ ފޮނުވުމާއި ލިބިގަތުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިލާން ޖެހުނު ނަމަވެސް ޕޭޕަލްގެ ހިދުމަތް ލިބުމުން، ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްތައް ހިންގޭނެ މަގު ފަހިވެގެންދާނެއެވެ. މިއީ ރާއްޖޭގެ އޮންލައިން ވިޔަފާރިތަކަށް ވެސް ލިބޭނެ ބޮޑު ކުރިއެރުމަކަށް ވެގެންދާނެއެވެ.
ރާއްޖެއަށް ޕޭޕަލް ތައާރަފްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ފާތިމަތު ލިއުޝާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް