ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (އެފްޓީއޭ) ގާއިމުކުރުމަށްޓަކައި ބާއްވަންޖެހޭ ރަސްމީ މަޝްވަރާތައް މިހާރު ފަށާފައިވާކަމަށް އިކޮންމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު ވިދާޅުވީ އެ މަޝްވަރާ ބައްދަލުވުގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ އިއްޔެ ކަމަށެވެ. ސައީދު ވިދާޅުވީ މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރައްވަމުންދާ މުހިންމު މަސައްކަތެއް ކަމަށެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރު ރާއްޖެއަށް ކުރެއްވި ދަތުރުގައި ރާއްޖެއާއި އިންޑިއާ ދެމެދު އެފްޓީއޭއެއް ގާއިމުކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް އެއްބަސްވުމެއްގައިވަނީ ސޮއިކޮށްފައެވެ.
އެއަށްފަހު، އެފްޓީއޭ ކުރިއަށްގެންދާނެ އުސޫލުތައް ކަނޑައަޅާ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް) ގައި ދެ ގައުމުން ސޮއިކޮށްފައިވަނީ މިއަހަރުގެ މާޗު މަހުގެ ތެރޭގައެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ވީ އެންމެ އަވަހަކަށް މި އެއްބަސްވުމުގެ މަސައްކަތް ނިންމައި އަމަލުކުރަން ފެށުން ކަމަށެވެ.
އެއްބަސްވުމުގެ ދަށުން ރާއްޖޭގައި އުފައްދާ ބާވަތްތަކަށް އިންޑިއާގެ ބާޒާރުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށާއި، ހާއްސަކޮށް އިމްޕޯޓް ޑިއުޓީ ކުޑަވުމާއި، ވިޔަފާރި ކުރުމުގައި ހުރި އެހެނިހެން ހުރަސްތައް ނެތިގެންދާނެކަމަށް ސައީދު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ
ކޮމެންޓް