އީރާނުގެ އާބަދާންގައި ހުންނަ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ 72 ވަނަ މުހައްރަމް އާމަޑް ބްރިގޭޑްގެ މައި މަރުކަޒަށް އެމެރިކާގެ ސިފައިން ހަމަލާދީފިއެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، މި ހަމަލާއާ ގުޅިގެން އެ ސަރަހައްދުގައި ވަނީ ބޮޑެތި އަލިފާނުގެ ހާދިސާތަކެއް ހިނގައިފައެވެ.
މިއީ އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އީރާނުގެ އަސްކަރީ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ވިދިވިދިގެން ހަމަލާދޭތާ ނުވަ ވަނަ ރެއެވެ. ސެންޓްކޮމް އިން ބުނި ގޮތުގައި، މި ހަމަލާތަކަކީ ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި ބޯޓުފަހަރަށް އޮތް ނުރައްކާ ކުޑަކުރުމަށް ދޭ ހަމަލާތަކެކެވެ. އަދި އެމެރިކާގެ އަމާޒަކީ އީރާނުގެ އަސްކަރީ ގާބިލުކަން ބަލިކަށިކޮށްލުން ކަމަށް ވެސް އެ ފަރާތުން ފާހަގަކުރެއެވެ.
ހޮރުމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ބޮޑު ބައެއް ހިއްސާކުރާ މުހިންމު ކަނޑުމަގެކެވެ. އެމެރިކާގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި، އީރާނުން ދަނީ މި ސަރަހައްދުން ދަތުރުކުރާ ބޯޓުފަހަރަށް ނުރައްކާކުރަމުންނެވެ. އެހެންކަމުން، އެމެރިކާގެ އޮޕަރޭޝަންތައް ފުޅާކޮށްފައިވަނީ މި ނުރައްކާތައް ހުއްޓުވުމަށް ކަމަށް ސެންޓްކޮމް އިން ބުނެފައިވެއެވެ.
އާބަދާންއަށް ދިން މި ހަމަލާއާ ގުޅޭގޮތުން އީރާނުގެ ރަސްމީ ފަރާތްތަކުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، މި ހަމަލާތަކަކީ ފަހަކަށް އައިސް މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން ދެމުންދާ ހަމަލާތަކެކެވެ. އެމެރިކާއިން ދަނީ ހޮރުމުޒް ކަނޑުއޮޅީގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ކަމަށް ބުނެ، އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ.
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
ކޮމެންޓް