ޖެހިޖެހިގެން ދެވަނަ ތަށްޓެއް ހޯދަން ކުރި މަސައްކަތް ބުރަ ނަމަވެސް، އެކަން ނުވުމަކީ ބޮޑު ހިތާމައެއް ކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފިއެވެ.
އާޖެންޓީނާއިން ރޭ ކުޅުނު ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން ކައިރިން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. 2022 ވަނަ އަހަރު ގަތަރުގައި ވޯލްޑް ކަޕް އުފުލާލި އާޖެންޓީނާގެ ކޯޗު ސްކަލޯނީ ރޭ ފެނުނީ ކަރުނައާއެކު ހުރިތަނެވެ. އާޖެންޓީނާއަށް ރަނގަޅު ހަމަލާއެއްވެސް އުފެއްދިޔަ ނުދީ ސްޕެއިނުން ވޯލްޑް ކަޕް ނެގި އިރު، މެޗުގެ ފަހުން ސްކަލޯނީ ބުނީ ކުރެވުނު ހުރިހާ ކަމެއް ކުރި ކަމަށެވެ.
"މިއީ އަނެއްކާވެސް ހުވަފެނީ ފައިނަލެއް. އަހަރެމެންނަށް ކުރެވުނު ކަމެއް ކުރިން. މިއީ އަހަންނަށް ދެން މި ހުރިހާ ކަމަކާ ވިސްނާލަން ޖެހޭ ވަގުތު. އަހަރެން ވިސްނާނަން ކަންކަމާ ދޭތެރޭ،" ރޮމުން ސްކަލޯނީ ބުންޏެވެ.
ކުރިން ގައުމީ ޓީމަށްވެސް ކުޅުނު ސްކަލޯނީ ރޭގެ ފައިނަލަށްފަހު ބުނީ ކުއްލިއަކަށް އާޖެންޓީނާ ދޫކޮށްލަން ބޭނުން ނުވާ ކަމަށެވެ. އަދި ގޮތް ނިންމާނީ މިހާރު އޮތް އެއްބަސްވުން ހަމަވުމުން ކަމަށެވެ.
"އަހަރެން ފެޑަރޭޝަން ރައީސާ ވާހަކަ ދައްކާނަން. އަހަރެންގެ އެބައޮތް ޕްލޭނެއް. އަހަރެން ފުރަތަމަ ކަމަކަށް އެއްބަސްވުން ހަމަވަންދެން މަޑުކުރާން. އަހަރެން ގޮތް ނިންމާނީ ވިސްނާފައި. މިހާ ބޮޑު ކަމަކަށް ވާހަކަ ދައްކާފައި ވިސްނާނީ. އަހަރެން މި ހާލަތުގައި އަދި ހަޔާތުގައި ނާދޭ. އަހަންނަށް މައާފުކުރޭ،" ބަޑިފަޅައިގެން ދަމުން ސްކަލޯނީ ފާހަގަކުރިއެވެ.
ރޭގެ މެޗަށްފަހު އާޖެންޓީނާގެ ގިނަ ކުޅުންތެރިން ރޮވިފައި ތިބި އިރު، ކެޕްޓަން ލިއޮނަލް މެސީވެސް ހުރީ ރޮވިފައެވެ. ސްކަލޯނީ ބުނީ ކުރިން ކާމިޔާބު ކުރެވުނު ނަމަވެސް، ގެއްލިގެން ދިޔުމަކީ ވަރަށް ބޮޑު ދެރައެއް ކަމަށެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް