ރާއްޖޭގެ އިންފްލޭޝަނާއި އިގުތިސޯދީ ކުރިއެރުމާއި އަދި އާބާދީގެ ކުރިމަގުގެ އޮއިވަރުތަކާ ބެހޭ މުހިންމު ރަސްމީ ތަފާސްހިސާބުތައް އާންމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން 'އިންޓަރެކްޓިވް ޑޭޓާ އެކްސްޕްލޯރާ' ޕޯޓަލް ތައާރަފުކޮށްފިއެވެ.
އެމްބީއެސްއިން ބުނީ އެ ޕްލެޓްފޯމް ލޯންޗުކުރީ ރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނު ވުޖޫދަށް އައިތާ ފަސް އަހަރު ފުރުމުގެ މުނާސަބަތުގައި މިދިޔަ ހޯމަ ދުވަހުއެވެ.
އެ ޑޭޓާ އެކްސްޕްލޯރާ މެދުވެރިކޮށް ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި)ގެ މައުލޫމާތާއި ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު (ޖީޑީޕީ)ގެ ތަފާސްހިސާބުތަކާއި އަދި އާބާދީގެ ލަފާކުރުންތައް އިންޓަރެކްޓިވްކޮށް ބަލައިލެވޭނެ ކަމަށް އެމްބީއެސްއިން ބުނެއެވެ.
"އޭގެ ސަބަބުން ބޭނުންކުރާ ފަރާތްތަކަށް، ފަސޭހަ އަދި ލުއި ޕްލެޓްފޯމެއްގެ ތެރެއިން ރަސްމީ މައުލޫމާތުތައް ހޯދައި ދެނެގަތުމުގެ ފުރުސަތު ލިބިގެންދޭ. މި ޕްލެޓްފޯމްގެ މަގުސަދަކީ ރާއްޖޭގެ އިގުތިސޯދީ އަދި އާބާދީއަށް އަންނަ ބަދަލުތަކާ މެދު އާންމުން ހޭލުންތެރިކުރުވުން،" އެމްބީއެސްއިން ބުންޏެވެ.
ތަފާސްހިސާބުގެ ގާނޫނުގެ ސަބަބުން ގައުމުގައި ރަސްމީ ތަފާސްހިސާބުތައް ދެނެގަތުމާއި ބެލެހެއްޓުމާއި ކޮންޓްރޯލް ކުރުމާއި އަދި އާންމުން ހޭލުންތެރިކުރުމާ ބެހޭ ގާނޫނީ އަދި މުއައްސަސާގެ އޮނިގަނޑު ވަނީ ވަރުގަދަވެފައެވެ.
އެ ގާނޫނުގެ ދަށުން، އެމްބީއެސް އިސްކޮށް ހިންގުމަށްޓަކައި ޗީފް ސްޓެޓިސްޓިޝަން އައްޔަންކުރައްވަނީ އެއިރަކު ވެރިކަަމުގައި ހުންނަވާ ރައީސްއެވެ. މި ބިއުރޯއާ ގުޅޭ ކަންކަމުގައި ޒިންމާވާންޖެހޭ ވުޒާރާއަކީ މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓާ ޕްރައިޒަސްއެވެ.
އެ ބިއުރޯ ހިންގަނީ ފައިނޭންސް މިނިިސްޓްރީގެ އިރުޝާދުގެ ދަށުންނެވެ.
ފާތިމަތު ލިއުޝާ
ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް
ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް
ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް
ކޮމެންޓް