މައުމޫން ފައުންޑޭޝަންގެ ހިލޭ އެހީގެ ދަށުން އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގައި މާސްޓާސްއަށް ކިޔެވުމުގެ ސްކޮލާޝިޕް ފުރުސަތުތަކެއް ހުޅުވާލައިފިއެވެ.
މި ސްކޮލާޝިޕް ހާއްސަކޮށްފައިވަނީ ޓީޗިން އެންޑް ލާނިން އިސްލާމިކް އެޑިޔުކޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރުމަށެވެ.
މި ފުރުސަތަށް ކުރިމަތިލުމަށް އެދޭ ދަރިވަރުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށް ވުމާއި މި އަހަރުގެ ދެވަނަ ސެމިސްޓާގައި އައިޔޫއެމްގެ ކޯހެއްގައި ކިޔަވަމުންދާ ދަރިވަރަކަށް ވުން ހިމެނެއެވެ. މީގެ އިތުރުން، ސްކޮލާޝިޕަށް އެދި ހުށަހަޅާ އިރު، ދަރިވަރުގެ އުމުރުން 35 އަހަރު ފުރިފައި ނުވުމަކީ ވެސް ލާޒިމު ޝަރުތެކެވެ.
މި ސްކޮލާޝިޕަށް ކުރިމަތިލުމަށް ބޭނުންވާ ދަރިވަރުން މި މަހުގެ 28 ވަަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމުތައް ހުށަހެޅުމަށް އައިޔޫއެމްއިން ވަނީ އިލްތިމާސްކޮށްފައެވެ.
މި ސްކޮލާޝިޕާ ގުޅޭ އިތުރު ތަފުސީލުތައް އައިޔޫއެމްގެ ރަސްމީ ވެބްސައިޓުންނާއި އިދާރީ މަރުކަޒުތަކުން ލިބެން ހުންނާނެއެވެ.
މައުމޫން ފައުންޑޭޝަނަކީ ރާއްޖޭގެ މަތީ ތައުލީމުގެ ދާއިރާ ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ފަރާތެކެވެ. އެގޮތުން، މިދިޔަ އަހަރު ވެސް އެ ފައުންޑޭޝަންގެ ފަރާތުން ވަނީ އައިޔޫއެމްގައި ގުރުއާނުގެ ދާއިރާއިން މާސްޓާސްއަށް ކިޔެވުމުގެ ފުރުސަތު ދަރިވަރަކަށް ދީފައެވެ.
އަލީ ޔާމިން
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީ
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީ
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީ
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީ
ކޮމެންޓް