ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މިހާރު ބޭނުންކުރަމުންދާ ވަގުތީ މިސްކިތްތައް މިއަހަރުގެ ނިޔަލަށް އުވާލައި، އެ އަވަށުގައި އަލަށް ބިނާކުރާ ދާއިމީ މިސްކިތްތައް ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިއަދު ވިދާޅުވީ ހުޅުމާލޭގައި އަމިއްލަ ފަރާތްތަކާ ގުޅިގެން ބިނާކުރަމުންދާ މިސްކިތްތައް މިއަހަރު ނިމުމުގެ ކުރިން ބޭނުންކުރަން ފެށުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި މި މަސައްކަތްތައް އަވަސްކޮށް، ފުރިހަމަ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވަމުން ގެންދަވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ޖުމްލަ 16 މިސްކިތެއްގެ މަސައްކަތާއި، ގުރުއާނާ ބެހޭ މަރުކަޒުގެ ދެ ގޮފީގެ މަސައްކަތް އަންނަ އަހަރުގެ ރޯދަމަހުގެ ކުރިން ނިންމާލެވޭނެ ކަމަށެވެ.
މީގެ އިތުރުން، އިސްލާމީ ކަންތައްތަކަށް ދާއިމީ އާމްދަނީ ހޯދުމަށް ފަށާފައިވާ ވަގުފު މަޝްރޫއުތަކުގެ ތެރެއިން ބައެއް މަސައްކަތްތައް އަންނަ އަހަރުގެ ފަހުކޮޅު ނިމިގެންދާނެކަމަށް ޝަހީމް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ކޮމެންޓް