މެދުއިރުމަތީގައި އުފެދިފައިވާ ހަނގުރާމައިގެ ނުތަނަވަސްކަމާ ގުޅިގެން، ސްރީލަންކަން އެއާލައިންސުން ކުވައިތަށް ކުރާ ހުރިހާ ދަތުރުތަކެއް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.
ސްރީލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން ބުނި ގޮތުގައި، މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށް މި ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ. ސްރީލަންކަން އެއާލައިންސުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ ފަސިންޖަރުންނާއި ފަޅުވެރީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ.
މި ކަމުގެ ސަބަބުން ކުވައިތުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ސްރީލަންކާގެ ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. ޓިކެޓު ނަގާފައިވާ ފަރާތްތަކުން ފައިސާ އަނބުރާ ހޯދުމަށާއި، ދަތުރުކުރާ ތާރީހު ބަދަލުކުރުމަށް އެ އެއާލައިންގެ ހޮޓްލައިން ނަންބަރުތަކަށާއި ވެބްސައިޓަށް ގުޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
ސީއޭއޭގެ ޑިރެކްޓަރ އޮފް އެއަރ ނެވިގޭޝަން ސަރވިސަސް ތިލިނަ ސްރީ ވަރުނަސިންހަ ވިދާޅުވެފައިވާ ގޮތުގައި، މެދުއިރުމަތީގެ ބައެއް ގައުމުތަކުން ކުއްލި ގޮތަކަށް ވައިގެ ސަރަހައްދުތައް ބަންދުކުރަމުންދާތީ، އެއާލައިންތަކުގެ ދަތުރުތައް ރޭވުމަށް ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. މިކަމުގެ ސަބަބުން ދަތުރުތައް ލަސްވުމާއި، ދަތުރުކުރާ މަގު ބަދަލުކުރަން ޖެހުން ފަދަ ކަންކަން ކުރިމަތިވަމުންދާ ކަމަށް އޭނާ ފާހަގަކުރިއެވެ.
ކުވައިތަށް ކުރާ ދަތުރުތައް މެދުކަނޑާލި ނަމަވެސް، މެދުއިރުމަތީގެ އެހެން މަންޒިލްތަކަށް ސްރީލަންކަން އެއާލައިންސުން މިހާރުވެސް ދަތުރުކުރަމުން އަންނަކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ސްރީލަންކަން އެއާލައިން
ސްރީލަންކަން އެއާލައިން
ސްރީލަންކަން އެއާލައިން
ސްރީލަންކަން އެއާލައިން
ކޮމެންޓް