ހުޅުމާލޭގައި ހުންނަ އަޒީޒާ މޫސާ މިސްކިތުގެ ބިއްލޫރިގަނޑެއް ތަޅާލައި ގެއްލުންދިން މައްސަލާގައި ހިމެނޭ މީހާ، މުޖުތަމައުން އެކަހެރިކޮށް އޭނާއަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
އަޒީޒާ މިސްކިތަށް ގެއްލުން ދިން މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގައެވެ.
ފުލުހުން މިރޭ ބުނީ އެ މައްސަލާގައި، އެ މިސްކިތަށް ގެއްލުންދިން މީހަކީ ނަފްސާނީ ބައްޔެއް ތަހަންމަލުކުރަމުންދާ މީހެއްކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
އެހެންވެ، އޭނާގެ ހާލަތަށް ބަލައި، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރި މަސައްކަތުން އެ މީހާ މިހާރު ވަނީ މުޖުތަމައުގެ ތެރެއިން އެކަހެރިކުރެވިފައިކަމަށް ފުލުހުން ބުންޏެވެ.
އަދި އޭނާއަށް ބޭނުންވާ ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ކަމާބެހޭ އިދާރާތަކުން ކުރިއަށްގެންދާކަމަށް ފުލުހުން ބުންޏެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް