މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ނިޔާޒު، އެ މަގާމުންނާއި އެ ކުންފުނީގެ ބޯޑު މެންބަރުކަމުން ވަކިކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އެކްސްގައި މިއަދުކުރި ޕޯސްޓެއްގައި ބުނީ މިއަދުން ފެށިގެން ނިޔާޒު އެމްޓީޑީސީގެ މަގާމުތަކުން ވަކިކުރަން ނިންމާފައިވާ ކަމަށެވެ.
ނިޔާޒަކީ އެމްޓީޑީސީއަށް ވަރަށް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ މީހެކެވެ. އެގޮތުން 2007 ވަނަ އަހަރުން ފެށިގެން އެ ކުންފުނީގައި މަސައްކަތް ކުރައްވަމުން ގެންދެވި ނިޔާޒު، އެމްޑީގެ މަގާމަށް އައްޔަން ކުރެއްވީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.
އޭގެ ކުރިން އޭނާ ހުންނެވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ.
މުހައްމަދު އިޝާން
ޕްރައިވެޓައިޒޭޝަން ބޯޑު
ޕްރައިވެޓައިޒޭޝަން ބޯޑު
ޕްރައިވެޓައިޒޭޝަން ބޯޑު
ކޮމެންޓް