އުމުރުން 40 އަހަރުގެ ލޫކާ މޮޑްރިޗް އޭސީ މިލާނާއެކު އިތުރު އެއްބަސްވުން އާކޮށްފިއެވެ.

މޮޑްރިޗް މިލާނާ ގުޅުނީ މިދިޔަ އަހަރު އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. ރެއާލް މެޑްރިޑް ދޫކޮށް މިލާނާ ގުޅުނުފަހުން މޮޑްރިޗް ވަނީ އެ ކްލަބަށް 27 މެޗު ކުޅެ، ދެ ގޯލްވެސް ޖަހައިފައެވެ.

މޮޑްރިޗް މިފަހަރު ވޯލްޑް ކަޕްގައިވެސް ފެނިގެން ގޮސްފައިވާ އިރު، އޭނާ ވަނީ ގައުމީ ޓީމަށް 202 މެޗު ކުޅެފައެވެ. ގައުމީ ޓީމަށް 29 ގޯލް ޖަހައިދިން މޮޑްރިޗް، ވޯލްޑް ކަޕަށް ފަހުވެސް ރިޓަޔާ ކޮށްފައެއް ނުވެއެވެ.

މޮޑްރިޗް 2018 ވަނަ އަހަރު ބެލޮންޑިއޯ ހޯދާފައިވާ އިރު، އެ އަހަރު ވޯލްޑް ކަޕްގައި ކްރޮއޭޝިއާއާއެކު ފައިނަލުގައި ކުޅެފައިވެއެވެ. މިފަހަރުގެ ވޯލްޑް ކަޕް ވެގެން ދިޔައީ މޮޑްރިޗްގެ ކެރިއަރުގައި ގައުމީ ޓީމާއެކު ކުޅުނު ބޮޑު 10 ވަނަ މުބާރާތަށެވެ. މިފަހަރު ވޯލްޑް ކަޕުން ޕޯޗުގަލް ކެޓީ ގަދަ 32 އިންނެވެ.

މިލާނުން މޮޑްރިޗް މަޑުކުރުވަން ނިންމާފައިވާ އިރު، ހަތް ފަހަރު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދި ޓީމުން ދަނީ އަދިވެސް ކުރީގެ ފޯމަށް މަޑުމަޑުން މަސައްކަތް ކުރަމުންނެވެ. މިދިޔަ ސީޒަނުގައި އެޓީމުން ފަސްވަނައިގައި ނިންމާލި އިރު، މިފަހަރު އާ ކޯޗަކަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމަށް ރުބެން އަމޯރިމް ވަނީ ގެންގޮސްފައެވެ.